ކ. މާލެ
|
26 މެއި 2022 | ބުރާސްފަތި 22:03
މޮނާކޯއަށް ކުޅެމުން އަންނަ އޮޣޭލިއަން ޗުއަމެނީ
މޮނާކޯއަށް ކުޅެމުން އަންނަ އޮޣޭލިއަން ޗުއަމެނީ
ފޭސްބުކް
ސަމަރ ޓްރާންސްފަރ މާކެޓް
އޮޣޭލިއަން ޗުއަމެނީ ބޭނުންވަނީ ރެއާލްއަށް ބަދަލުވާން
 
ޗުއަމެނީ ހޯދުމަށް، ރެއާލްގެ އިތުރުން ޕީއެސްޖީއާއި ލިވަޕޫލުންވެސް އަންނަނީ މަސައްކަތް ކުރަމުން
 
މޮނާކޯއިން އޭނާ ދޫކުރާނީ އެންމެ ކުޑަވެގެންވެސް 80 މިލިއަން ޕައުންޑަށް

އޭއެސް މޮނާކޯއަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރ އޮޣޭލިއަން ޗުއަމެނީ ރެއާލް މެޑްރިޑަށް ދާން ބޭނުންވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޗުއަމެނީ ހޯދުމަށް ގިނަ ކްލަބް ތަކަކުން މަސައްކަތް ކުރަމުން އަންނައިރު, އޭނާ އެންމެ ބޭނުންވަނީ ރެއާލް މެޑްރިޑަށް ބަދަލުވާށެވެ. ޗުއަމެނީ ވަނީ އޭނާގެ ޓީމް މޭޓުންނަށްވެސް އެކަން އަންގާފައެވެ. ނަމަވެސް މިހާތަނަށް އޭނާ ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

ރެއާލްގެ އިތުރުން، އޭނާ ހޯދުމަށް ޕީއެސްޖީއާއި ލިވަޕޫލުންވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. މި ތިން ޓީމަށްވެސް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޓީމުގެ މެދުތެރެއިން ކުޅޭނެ ރަނގަޅު ކުޅުންތެރިއެއް ނެތުމެވެ. މި ތިން ޓީމުންވެސް އަންނަނީ އޭނާގެ އެޖެންޓާއި މަޝްވަރާ ކުރަމުންނެވެ.

ބޮޑެތި ކްލަބްތަކުން ޗުއަމެނީ ހޯދުމަށް މަސައްކަތް ކުރަމުން އަންނައިރު، މޮނާކޯއިން އޭނާ ދޫކުރާނީ އެންމެ ކުޑަވެގެންވެސް 80 މިލިއަން ޕައުންޑަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
100%
0%
0%
ކޮމެންޓް