ކ. މާލެ
|
26 މެއި 2022 | ބުރާސްފަތި 21:15
2021 ވަނަ އަހަރުގެ ހައްޖު
2021 ވަނަ އަހަރުގެ ހައްޖު
ރޮއިޓާސް
1443 ވަނަ އަހަރުގެ ހައްޖު
ހައްޖަށް ދާން އާއްމުންނަށް ހުޅުވާލާ 100 ކޯޓާއަށް އެދި ހުށަހެޅުމުގެ ފުރުސަތު 30 މެއިން ފެށިގެން
މިއަހަރު ރާއްޖެއަށް ލިބުނީ 453 ކޯޓާ
100 ކޯޓާ އާއްމުންނަށް، 353 ކޯޓާ ކިޔޫގައި ތިބި ފަރާތްތަކަށް
ފޯމު ބަލައިގަންނާނީ މެއި 30 އިން ފެށިގެން

މިއަހަރު ހައްޖަށް ދިއުމަށް ރާއްޖެއަށް ލިބުނު 453 ކޯޓާގެ ތެރެއިން އާއްމުންނަށް ހުޅުވާލާ 100 ކޯޓާއަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން ހުޅުވާލަން ނިންމައިފިއެވެ.

ހައްޖު ކޯޕަރޭޝަނުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، މި ފުރުސަތުގެ ދަށުން ފޯމު ހުށަހަޅާ މީހުންގެ ތެރެއިން ހައްޖަށް ދިއުމުގެ ފުރުސަތު ލިބޭނީ އާއްމުކޮށް ހުޅުވާލައިގެން ނެގޭ ގުރުއަތަކުން ކަމަށެވެ. އެގޮތުން، ގުރުއަތުން 100 މީހުންނަށް ފުރުސަތު ލިބޭއިރު، ކިޔޫގައި ޖެހުމަށް އިތުރު 25 ޖާގައަށް މީހުން ނަގާނެކަމަށް ވެސް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ.

މިއަހަރު ހައްޖު ކޯޕަރޭޝަނުން ހައްޖަށް ގެންދިއުމަށް ކަނޑައަޅާފައިވާ އަގަކީ މީހަކަށް 76،960 ރުފިޔާއެވެ.

ހައްޖަށް ދިއުމަށް ހުޅުވާލި 100 ޖާގައަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު 30 މެއި 2022ން ފެށިގެން 2 ޖޫން 2022އާ ހަމައަށް ހުޅުވާލާއިރު، ކޮންމެ ދުވަހެއްގެ މެންދުރު 1:00ން ހަވީރު 6:00ށް ފޯމު ބަލައިގަންނާނެއެވެ. ފޯމުތައް ބަލައިގަންނާނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުންނެވެ.

މީގެ އިތުުރުން އީމެއިލް މެދުވެރިކޮށްވެސް މި މުއްދަތުގެ ތެރޭގައި ފޯމު ހުށަހެޅޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ.

ސައޫދީ ސަރުކާރުން މިއަހަރު ރާއްޖެއަށް ދީފައިވަނީ 453 ކޯޓާއެވެ. މި ހުރިހާ ކޯޓާއެއް ސަރުކާރުން ހައްޖު ކޯޕަރޭޝަނަށް ދީފައިވާއިރު، މީގެ ތެރެއިން 353 ކޯޓާ ދޫކުރާނީ މިހާރު ހައްޖު ކޯޕަރޭޝަންގެ ކިޔޫގައި ތިބި ފަރާތްތަކަށެވެ. ބާކީ 100 ކޯޓާ އާއްމުނަށް ހުޅުވާލާއިރު، މިހާރު ކިޔޫގައި ތިބި ފަރާތްތަކަށް ވެސް ކުރިމަތިލެވޭނެއެވެ.

- ކޮމެންޓް