ކ. މާލެ
|
26 މެއި 2022 | ބުރާސްފަތި 19:03
ވިކްޓްރީ ސްޕޯޓްސް ކްލަބުގެ އައު ރައީސް ހުސައިން އާދަމް
ވިކްޓްރީ ސްޕޯޓްސް ކްލަބުގެ އައު ރައީސް ހުސައިން އާދަމް
ރާއްޖެއެމްވީ
ވިކްޓްރީ ސްޕޯޓްސް ކްލަބް
ވިކްޓްރީގެ ދަރަނިތައް ހަމަޖައްސައި، ވަރުގަދަ ޓީމެއް އެކުލަވާލައިފި!
ވިކްޓްރީގެ އައު ކޯޗަކަށް ހަމަޖެއްސީ ލަންކާގެ ޕަކީރު އަލީ
ވިކްޓްރީގެ ކުޅުންތެރިންނަށް ދޭންޖެހޭ މުސާރަ ދިނުމަށްޓަކައި އެފައިސާ އެފްއޭއެމްއާ ވަނީ ހަވާލުކޮށްފައި

އެފްއޭއެމްގެ ސަސްޕެންޝަނެއްގައި އޮތް ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ދަރަނިތައް ހަމަޖައްސައި، ކުރިއަށް އޮތް ދެވަނަ ޑިވިޝަނުގެ މުބާރާތުގައި ބައިވެރިވުމަށް ވަރުގަދަ ޓީމެއް އެކުލަވާލައިފިއެވެ.

ވިކްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކްލަބުގެ އައު ބޯޑުން، މިމަހުގެ ތެރޭގައި ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތައް މިހާރު ކޮށްނިމިފައިވާ ކަމަށެވެ. އެގޮތުން ކްލަބަށް ކުޅެފައިވާ ދިވެހި ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިންނަށް ދޭންޖެހޭ މުސާރަ ދިނުމަށްޓަކައި އެފައިސާ އެފްއޭއެމްއާ ހަވާލުކޮށްފައިވާ ކަމަށް ވިކްޓްރީން ބުނެއެވެ. މި ފައިސާގެ ހައްގުވެރީންނަށް އެފްއޭއެމްގެ ފަރާތުން ފައިސާ ރައްދުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ދަރަނިތައް ހަމަޖެއްސުމުގެ އިތުރުން، ކުރިއަށް އޮތް ދެވަނަ ޑިވިޝަނުގެ މުބާރާތުގައި ބައިވެރިވުމަށް ވިކްޓްރީން ވަނީ ވާދަވެރި ޓީމެއް އެކުލަވާލާފައެވެ. މިހާތަނަށް އައިއިރު ރާއްޖެއިން ބޭރުން ގެނައުމަށް ހަމަޖެހިފައިވާ 4 ކުޅުންތެރިންނާއެކު ޖުމްލަ 26 ކުޅުންތެރީން ވިކްޓްރީއާ ގުޅުމަށް ވަނީ އެއްބަސްވެފައެވެ. ރާއްޖެއިން ބޭރުން ގެނައުމަށް ހަމަޖެހިފައިވަނީ، ގޯލް ކީޕަރަކާއި، ޑިފެންޑަރަކާއި މިޑްފީލްޑަރެއްގެ އިތުރުން ސްޓްރައިކަރެކެވެ. ޖޯޑްންއިން ގެންނަ ސްޓްރައިކަރ ފިޔަވައި، ބިދޭސީ އެހެން ކުޅުންތެރީންނަކީ މިސުރުގެ ކުޅުންތެރިންނެވެ.

ދެވަނަ ޑިވިޝަނުގެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ ޖުލައި މަހުގެ ހަތަރުވަނަ ދުވަހުއެވެ.

މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ވިކްޓްރީއަށް ކޯޗު ކޮށްދިނުމަށް ހަމަޖައްސާފައިވަނީ ބަންގްލަދޭޝްއާއި ސްރީލަންކާގައި މޮޅު ކުޅުމެއް ދައްކާފައިވާ އަދި ކާމިޔާބު ކޯޗިން ކެރިއަރެއް އޮތް ލަންކާގެ ޕަކީރު އަލީއެވެ. ޕަކީރު އެންމެފަހުން ކޯޗުކޮށްދިނީ ބަންގަލަދޭޝްގެ ފުރަތަމަ ޑިވިޝަންގެ ޓީމަކަށެވެ. ޕަކީރުގެ އިތުރުން ކީޕަރ ޓްރެއިނަރެއްގެ ގޮތުގައި ސްރީލަންކާގެ ގައުމީ ޓީމުގެ ކީޕަރ ޓްރެއިނަރވެސް ގެނައުމަށް ހަމަޖެހިފައިވާކަމަށް ވިކްޓްރީން މައުލޫމާތުދެއެވެ. ކޯޗިންގެ ހަރަކާތްތަކުގައި ޕަކީރަށް އެހީތެރިވެދިނުމުގައި ވިކްޓްރީ ސްޕޯރޓްސް ކްލަބަށް ކާމިޔާބީތަކެއް ހޯދައިދީފައިވާ އިސްމާއީލް އަނިލްވެސް މަސައްކަތް ކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.

- ކޮމެންޓް