ކ. މާލެ
|
25 މެއި 2022 | ބުދަ 18:26
ގައުމީ ޒުވާން ފުޓުބޯޅަ ޓީމު
ގައުމީ ޒުވާން ފުޓުބޯޅަ ޓީމު
އެފްއޭއެމް
އޭޝިއަން ކަޕް ކޮލިފައިން
އޭޝިއަން ކަޕް ކޮލިފައިން: 20 އަހަރުން ދަށުގެ ޓީމު ގްރޫޕް އޭގައި، 17 އަހަރުން ދަށުގެ ޓީމު ގްރޫޕް ޑީގައި
17 އަހަރުން ދަށުގެ ޓީމު ހިމެނެނީ ގްރޫޕް ޑީގައި
20 އަހަރުން ދަށުގެ ޓީމު ހިމެނެނީ ގްރޫޕް އޭގައި
މުބާރާތުން ޖާގަ ލިބޭނީ 16 ޓީމަކަށް

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގެ 20 އަހަރުން ދަށުގެ ފިރިހެން ފުޓުބޯޅަ ޓީމު ގްރޫޕް އޭގައި, އަދި 17 އަހަރުން ދަށުގެ ޓީމު ގްރޫޕް ޑީގައި ހިމެނިއްޖެއެވެ.

މިއީ އަންނަ އަހަރު އުޒްބަކިސްތާނުގައި ބާއްވާ 20 އަހަރުން ދަށުގެ އޭޝިއަން ކަޕަށް ކޮލިފައިވުމަށް ކުޅޭ މެޗުތަކެކެވެ. ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕް އޭގައި ދެން އޮތީ، ކޮލިފައިން ބާއްވާ ގައުމު ސައޫދީ އަރަބިއްޔާއާއި ޗައިނާއާއި މިޔަންމާގެ އިތުރުން އުޒްބަކިސްތާނެވެ.

ކޮލިފައިންގައި ޖުމުލަ 44 ގައުމު ވާދަކުރާނެއެވެ. ކޮލިފައިން މެޗުތައް ކުރިއަށްދާނީ ޓީމުތައް 9 ގްރޫޕަކަށް ބަހާލައިގެންނެވެ. އޭޝިއަން ކަޕުން ޖާގަ ލިބޭނީ މީގެ ތެރެއިން 16 ޓީމަކަށެވެ. ކޮލިފައިން ކުރިއަށް ދާނީ ސެޕްޓެމްބަރު މަހުގެ 10ން 18އަށެވެ.

17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކުރިއަށް ދާނީ އަންނަ އަހަރު ބަހްރެއިންގައެވެ. ރާއްޖެ ހިމެނޭ ގްރޫޕް ޑީގައި ދެން އޮތީ ކޮލިފައިން ބާއްވާ ގައުމު ސައޫދީ އަރަބިއްޔާއާއި އިންޑިއާއާއި މިޔަންމާގެ އިތުރުން ކުވެއިތެވެ.

މިބައިގައި ޖުމުލަ 44 ގައުމަކުން ވާދަކުރެއެވެ. މި ކޮލިފައިން ވެސް ކުރިއަށް ދާނީ 9 ގްރޫޕަކަށް ޓީމުތައް ބަހާލައިގެންނެވެ. ކޮލިފައިން މެޗުތައް ކުރިއަށް ދާނީ އޮކްޓޫބަރު 1 ވަނަ ދުވަހުން 9 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ބައިންވެސް މުބާރާތުން ޖާގަ ލިބޭނީ 16 ޓީމަކަށެވެ.

- ކޮމެންޓް