ކ. މާލެ
|
24 މެއި 2022 | އަންގާރަ 22:36
އޭއެފްސީ ކަޕްގައި މާޒިޔާއާއި ގޯކުލަމް ބައްދަލުކުރި މެޗުގެ ތެރެއިން
އޭއެފްސީ ކަޕްގައި މާޒިޔާއާއި ގޯކުލަމް ބައްދަލުކުރި މެޗުގެ ތެރެއިން
އޭއެފްސީ
އޭއެފްސީ ކަޕް
މާޒިޔާއަށް އިންޓަރ ޒޯން ޕްލޭއޮފް ސެމީގެ ފުރުސަތު ގެއްލިއްޖެ
ބަޝުންދަރާއާއި ގޯކުލަމް ބައްދަލުކުރި މެޗު ބަޝުންދަރާ ކާމިޔާބުކުރީ 2-1ން

އެފްސީ ކަޕްގެ ގްރޫޕް ޑީގައި މިއަދު ހަވީރު ކުޅުނު މެޗުގައި ބަޝުންދަރާ ކިންގްސް، ގޯކުލަމް ކެރަލާ އެފްސީ ބަލިކުރުމުން ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއަށް އިންޓަރ ޒޯން ޕްލޭއޮފް ސެމީގެ ފުރުސަތު ގެއްލިއްޖެއެވެ.

ބަޝުންދަރާއާއި ގޯކުލަމް ބައްދަލުކުރި މެޗު ބަޝުންދަރާ ކާމިޔާބުކުރީ 2-1ންނެވެ. މިއާއެކު ބަޝުންދަރާއިން ވަނީ ތިން މެޗުން ހަ ޕޮއިންޓު ހޯދާފައެވެ. ދެވަނައިގައި އޮތް މޯހަން ބަގާން އަދި ތިން ވަނައިގައި އޮތް މާޒިޔާއަށް ކުޅުނު ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތީ ތިން މެޗުން ތިން ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން ގޯކުލަމް ކެރެލާއެވެ.

މިރޭ އޭޓީކޭ މޯހަން ބަގާންއާ ދެކޮޅަށް ކުޅޭ މެޗުން މާޒިޔާ މޮޅުވިނަމަވެސް، ބަޝުންދަރާ އަތުން ބަލިވެފައިވާތީ އިންޓަރ ޒޯން ޕްލޭއޮފް ސެމީއަށް ދިއުމުގެ ފުރުސަތު މާޒިޔާއަކަށް ނެތެވެ. ބަޝުންދަރާ އަތުން މާޒިޔާ ބަލިވީ 1-0ންނެވެ. ނަމަވެސް މިރޭ މޯހަން ބަގާން މޮޅުވެއްޖެނަމަ، ހެޑްޓުހެޑަށް ބަލައި ބަޝުންދަރާއަށް ސެމީގެ ފުރުސަތު ގެއްލޭނެއެވެ.

މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ދެ ޓީމެއް ޕޮއިންޓުގެ ގޮތުން އެއްވަރުވެއްޖެނަމަ، ބަލަނީ ހެޑް ޓު ހެޑަށެވެ. ނަމަވެސް، ދެ ޓީމަށް ވުރެ ގިނަ ޓީމު ޕޮއިންޓުން އެއްވަރުވެއްޖެނަމަ ދެން ބަލާނީ ފައިދާ ގޯލަށެވެ.

- ކޮމެންޓް