ކޮފީގެ ވިޔަފާރިއަށް ތައާރަފުވުމުގެ ކުރިން ސެލޯން ކުއިޖާ ކަހިރިރީ އައީ ކޮމިއުނިކޭޝަންސްގެ ދާއިރާގައި މަސައްކަތް ކުރަމުންނެވެ. އޭނާ ކޮފީގެ ވިޔަފާރިއަށް ވެއްދީ ކޮފީ ހެއްދުމުގައި އުޅުނު އޭނާގެ ކްލައެންޓެކެވެ.
ކޮފީގެ ވިޔަފާރިއަށް ވަނުމަށްފަހު 2018ވަނަ އަހަރު ކަހިރިރީ "ހެޝިމާ ކޮފީ"ގެ ނަމުގައި ކުންފުންޏެއް އުފެއްދިއެވެ. މިއީ އިރުމަތީ ކޮންގޯގެ 1500 އެއްހާ އަންހެނުންނާއި ޒުވާނުންނަށް އާމްދަނީ ހޯދުމުގެ މަގު ތަނަވަސްކޮށްދިން ކުންފުންޏެކެވެ. އެ ކުންފުނިން ކޮފީ އުފެއްދުމަށް ބޭނުންވާ މުޑުވައް ފޯރުކޮށްދިނުމާއި ކޮފީ ހައްދައި އެ ވިއްކުމުގައި އެހީތެރިކަން ފޯރުކޮށްދެއެވެ.
މި އެސޯސިއޭޝަނުގެ މެމްބަރުންނަށް ޔަގީންކަން އޮންނާނެ ރަނގަޅު އަގެއްގަ ކޮފީ ވިއްކާލެވޭނެކަން.ކަހިރިރީ
ކަހިރިރީ އޭނާގެ ކުންފުނި ހިންގަނީ ކޮންގޯގެ ބުކަވޫ ސިޓިގައެވެ. އެ ކުންފުނީގެ ފެކްޓްރީގައި 1500 އެއްހާ އަންހެނުން މަސައްކަތް ކުރެއެވެ. މި ފެކްޓްރީގައި މަސައްކަތް ކުރާ އަންހެނުން އުފައްދަނީ ސައިބޯންޏެވެ.
މި ފެކްޓްރީގައި އުފައްދާ ސައިބޯންޏަކީ ވެސް ކޮފީން ހަދާ އެއްޗެކެވެ. އެގޮތުން، ހަފްތާއަކު އެ ފެކްޓްރީގައި 5000 ސައިބޯނި އުފައްދައެވެ.
އެ ސަރަހައްދަނީ ގިނައިން ކަރަންޓް ދާ ސަރަހައްދެއް ނަމަވެސް ފެކްޓްރީ އުފައްދާ ސައިބޯނީގެ އަދަދެއް ބަދަލެއް ނާދެއެވެ. ގިނަ ދުވަސްތަކެއް ވަންދެން ކަރަންޓް ކެނޑިފައި ހުންނާތީ އެ ފެކްޓްރީގައި ސައިބޯނި ކަފައި ސައިބޯނި ބަންދުކޮށް ހަދަނީ އެތަނުގައި މަސައްކަތްކުރާ އަންހެނުން އަމިއްލައަށެވެ.
ކަހިރިރީ ބުނި ގޮތުގައި އެ ފެކްޓްރީގައި ސައިބޯނި އުފެއްދުމުގައި އެންމެ ދަތިކަމަކީ ކޮފީ ބީންސް ގެނައުން ކަމަށެވެ. އެގޮތުން ކައިރި އަވަށްތަކުން ފެކްޓްރީއަށް ކޮފީ ބީންސް ގެންނައިރު، މަގުތައް ހަލާކުވެފައި ހުރުމުން ދަތިތަކާ ދިމާވާކަމަށް އޭނާ ބުންޏެވެ.
ކަރަންޓް ލިބޭނަމަ ޒަމާނީކޮށްލަން ވަރަށް ފަސޭހަވާނެ. އެއީ އަހަރުމެންނަށް މެޝިންތައް ބޭނުންކޮށްގެން އޭރުން މަސައްކަތް ކުރެވޭނެތީ.ކަހިރިރީ
ދަތިތަކާއެކުވެސް ކަހިރިރީގެ ހެޝިމާ ކޮފީގެ ސަބަބުން މިއަދު އެތައް ބަޔަކަށް ވަނީ އާމްދަނީ ލިބޭނެ ގޮތް ފެނިފައެވެ. އެ ކުންފުންޏަށް ކޮފީ ސަޕްލައިކޮށްދޭ މީހުންނަށާއި ފެކްޓްރީގައި މަސައްކަތްކުރާ މީހުންނަށް މިއަދު އެ މީހުންގެ ދަރިން ހުސްބަނޑާ ސްކޫލަށް ފޮނުވާކަށް ނުޖެހެއެވެ.
ކޮފީގެ ދާއިރާއަށް ބަލައިފިއްޔާ ފެންނާނީ އަންހެނުން ހަމައެކަނި ދަނޑުތަކުގަ. ނުފެންނާނެ ޕްރޮސެސް ކުރާއިރަކު. އެކަމަކު ފިރިހެނުންނަށް އެކަން ވަންޏާ އަންހެނުންނަށް ވެސް ވާނެ.ކަހިރިރީ