ކ. މާލެ
|
23 މެއި 2022 | ހޯމަ 18:11
ފުލަމްއަށް ކުޅެމުން އަންނަ ފަބިއޯ ކަވާލިއޯ
ފުލަމްއަށް ކުޅެމުން އަންނަ ފަބިއޯ ކަވާލިއޯ
ގެޓީ އިމޭޖަސް
ކަވާލިއޯ ލިވަޕޫލްއަށް ބަދަލުވުން
ފަބިއޯ ކަވާލިއޯ ލިވަޕޫލަށް
ކަވާލިއޯ މި ސީޒަންގައި 10 ލަނޑު ޖަހައި، 8 ލަނޑު ޖެހުމަށް އެހީތެރިވެދިން
ލިވަޕޫލްއާއެކު ކަވާލިއޯ ހެދީ ފަސް އަހަރުގެ އެއްބަސްވުމެއް

މި ސީޒަންގައި ފުލަމްއަށް ކުޅުނު ފަބިއޯ ކަވާލިއޯ މިއަންނަ ސީޒަންގައި ލިވަޕޫލަށް ބަދަލުވާން ނިންމައިފިއެވެ.

މި ސީޒަންގައި ފުލަމް ޕްރިމިއަރ ލީގަށް ޕްރޮމޯޓް ކޮށްދިނުމުގައި އިސް ދައުރެއް އަދާކުރި ކަވާލިއޯ މި ސީޒަންގައި 10 ލަނޑު ޖަހައި، 8 ލަނޑު ޖެހުމަށް އެހީތެރިވެދިނެވެ. މި ސީޒަންގައި އޭނާ 38 މެޗު ފުލަމްއަށް ކުޅެދިނެވެ.

އުމުރުން 19 އަހަރުގެ ފޯވާޑް މިހާތަނަށް ޕްރިމިއަރ ލީގުގައި ހަތަރު މެޗު ކުޅެފައިވާއިރު، 2020/21 ސީޒަންގައި އޭނާގެ ފުރަތަމަ ލަނޑު ޖެހީ ސައުތެމްޕްޓަން ކޮޅަށެވެ. މިއަހަރުގެ މާޗް މަހުގައި އޭނާ ވަނީ ޕޯޗުގަލްގެ 21 އަހަރުން ދަށުގެ ޓީމަށް ފުރަތަމަ ފަހަރަށް ކުޅެފައެވެ.

ލިވަޕޫލާއެކު ކަވާލިއޯ ހެދީ ފަސް އަހަރުގެ އެއްބަސްވުމެކެވެ. މިއަންނަ ޖުލައި އެއްވަނަ ދުވަހު އޭނާ ލިވަޕޫލާ ގުޅޭނެއެވެ. ކަވާލިއޯ ހޯދުމަށްޓަކައި ލިވަޕޫލުން 5 މިލިއަން ޕައުންޑް ހޭދަކުރާނެއެވެ. އަދި އެޑް އޮންސްގެ ގޮތުގައި 2.7 މިލިއަން ޕައުންޑް ލިވަޕޫލުން ފުލަމްއަށް ދޭންޖެހޭނެއެވެ.

- ކޮމެންޓް