ކ. މާލެ
|
22 މެއި 2022 | އާދީއްތަ 12:10
އިންޑިއާ އައުޓް ބެނަރ ނެގި މައްސަލަ- މި އަޑުއެހުމުގައި ރައީސް ޔާމީނުވެސް އޮންލައިންކޮށް ބައިވެރިވެވަޑައިގެންނެވި
އިންޑިއާ އައުޓް ބެނަރ ނެގި މައްސަލަ- މި އަޑުއެހުމުގައި ރައީސް ޔާމީނުވެސް އޮންލައިންކޮށް ބައިވެރިވެވަޑައިގެންނެވި
ރާއްޖެއެމްވީ
ބެނަރ ނެގި މައްސަލަ
އިންޑިއާ އައުޓް ބެނަރ ނެގުމުން ޔާމީނު ހައިކޯޓަށް، ފުރަތަމަ އަޑުއެހުން ނިންމާލައިފި
ޔާމީނުގެ ފަރާތުން ވިދާޅުވެފައިވަނީ ޝުއޫރު ފާޅުކުރުން ހުއްޓުވުމަށް ބެނަރތައް ނަގާފައިވާ ކަމަށް
މި އަޑުއެހުމުގައި ރައީސް ޔާމީނުވެސް އޮންލައިންކޮށް ބައިވެރިވެވަޑައިގެންނެވި
ދެން އޮންނާނީ ފުލުހުންގެ ފަރާތުން އިސްތިއުނާފަށް ޖަވާބުދިނުން

ބޮޑުތަކުރުފާނު މަގުގައި ހުންނަ, ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ހަރުކޮށްފައިވާ އިންޑިއާ އައުޓް ބޮޑު ބެނަރ ނެގި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުގައި ފަށައިފިއެވެ.

ކޯޓު އަމުރެއްގެ ދަށުން ފުލުހުން ބެނަރ ނަގާފައިވަނީ ސިޔާސީ ބޭނުމެއްގައި, ވަކި ޤައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭނުތަކަކީ ޤައުމީ ސަލާމަތާ ގުޅުންހުރި, އަދި ނުރައްކާ އޮތް ކަމެއް ކަމަށްވާތީ އެފަދަ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި, ތަންފީޒު ކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް އަންގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ނެރުއްވާފައިވާ ޤަރާރާއި ގުޅިގެންނެވެ.

ގަރާރުގައި ފާހަގަކޮށްފައިވަނީ ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ކޮންމެ ހަރަކާތަކީ ދިވެހި ސަރުކާރުން އެކަމެއް ހުއްޓުވަންޖެހޭނެ ކަމެއް ކަމަށެވެ. ވުމާއެކު، އެއްވެސް ޖާއިޒު މަޤުސަދެއް ނެތި, ސިޔާސީ ބޭނުމެއްގައި, ވަކި ޤައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭނުތަކަކީ ޤައުމީ ސަލާމަތާ ގުޅުންހުރި, އަދި ނުރައްކާ އޮތް ކަމެއްކަން ވަނީ ފާހަގަކޮށްފައެވެ.

ބެނަރ ނެގި މައްސަލަ ރައީސް ޔާމީނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އާދިއްތަ ދުވަހު އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި މައްސަލައިގައި ބުނެފައިވަނީ، ސަރުކާރުން ސިއްރު އެއްބަސްވުންތަކެއް ހަދައިގެން އުޅެމުންދާއިރު، އެކަމާ ދެކޮޅަށް އަދި ރާއްޖޭގައި ތިބި އަސްކަރީ ފަރާތްތައް ފޮނުވާލުމަށް ގޮވާލާ ގޮވާލުމެއްގެ ގޮތުގައި ބެނަރތައް މެދުވެރިކޮށް ހިތުގެ އުދާސްތައް ފާޅު ކުރަމުން ދަނިކޮށް، ޝުއޫރު ފާޅު ކުރުން ހުއްޓުވުމަށް ބެނަރތައް ނަގާފައިވާ ކަމަށެވެ.

އެ ޙައްޤުގެ ބޭނުން ކުރުން ހުއްޓުވުމަށްޓަކައި ޚިޔާލު ފާޅުކުރުމުގެ ވަސީލަތެއް ފުލުހުން ގެންގޮސްފައިވާކަމަށް ޔާމީނުގެ ފަރާތުން ވަކީލުން ވިދާޅުވެއެވެ. ޔާމީނުގެ ފަރާތުން އެ އިޝާރަތް ކުރައްވަނީ އިންޑިއާ އައުޓް ބެނަރ އަށެވެ.

މިއީ އަސާސީ ޙައްޤެއް ހަނި ކުރުމާ ގުޅޭ މައްސަލައެއްކަމަށް ޔާމީނުގެ ވަކީލުން ވިދާޅުވެއެވެ.

Advertisement

މިފަދަ އަމުރެއް ނެރޭވޭނީ ޖިނާއީ ކުށަކާއި ގުޅިގެންކަން ފާހަގަކޮށް ޔާމީނުގެ ވަކީލުން ވިދާޅުވީ، މި ހާލަތުގައި ހަމައެކަނި ހިނގާފައިވަނީ ހިޔާލު ފާޅުކުރުމުގެ އަމަލެއް ކަމަށެވެ.

ހ.ދޫވެހި ގެއަކީ ރައީސް ޔާމީނުގެ އަމިއްލަފުޅު ގެކޮޅު ކަމަށްވެސް ޔާމީނުގެ ފަރާތުން ފާހަގަކުރެއްވިއެވެ. އަދި އެކަމުގައި ޤައުމީ ސަލާމަތަށް ނުރައްކާވާނެ ކަމަށް ޤާނޫނުގައި ބަޔާންކުރާ އެއްވެސް އަމަލެއް ހިމެނިފައިނުވާކަން ފާހަގަކުރައްވާ ޔާމީނުގެ ވަކީލުން ވިދާޅުވީ، ހިނގައިގެން މި އުޅޭ ކަމަކީ ހަމައެކަނި ސުލްޙަވެރި ސިޔާސީ ޙަރަކާތެއް ކަމަށެވެ.

މިގޮތަށް ފުލުހުން ކޯޓު އަމުރުގެ ދަށުން ބެނަރތައް ނަގައިގެން ދިއުމަކީ ޤާނޫނު އަސާސީގެ 40 ވަނަ މާއްދާއާ ޚިލާފަށް ކުރެވޭ ކަމެއްކަމަށް ވާނެ ކަމަށް ޔާމީނުގެ ވަކީލުން ވިދާޅުވެއެވެ. އެގޮތުން ފުލުހުން ބަލައި ފާސްކޮށް ގެންދިޔައީ މީހަކަށް ގެއްލުމެއް ދެވޭނެ އެއްޗެއް، ނުވަތަ ޤާނޫނާ ޚިލާފު އެއްޗެއް ނޫން ކަމަށް ވަކީލުން ވިދާޅުވެއެވެ. ވީއިރު، އަމިއްލަ މުދަލާއި ގެދޮރަކީ ޙުރުމަތްތެރިވެގެންވާ ތަންތަންކަން ބަޔާންކުރާ މާއްދާއާ ޚިލާފަށް ފުލުހުން އަމަލުކޮށްފައިވާކަމަށް ޔާމީންގެ ވަކީލުން ވިދާޅުވިއެވެ.

ޔާމީނުގެ ވަކީލުން ވަނީ ކްރިމިނަލް ކޯޓުގެ އަމުރަކީ ޤާނޫނުއަސާސީއާ ޚިލާފު އަމުރެއްކަމަށް ވިދާޅުވެ، އެ އަމުރު ބާތިލު ކޮށްދެެއްވުމަށް އެދިވަޑައިގެންފައެވެ. މި އަޑުއެހުމުގައި ރައީސް ޔާމީނުވެސް އޮންލައިންކޮށް ބައިވެރިވެވަޑައިގެންނެވިއެވެ.

މި މައްސަލައިގައި ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ޔާމީނުގެ ފަރާތުން ހުށައެޅުއްވި އިސްތިއުނާފަށް ފުލުހުންގެ ފަރާތުން ޖަވާބު ދިނުމެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މުޙައްމަދު ނިޔާޒު، ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު ހަސަން ޝަފީއުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް
23 މެއި 2022 | ހޯމަ 09:14
މޫސަ
ސިޔާސީ ޕާޓީތައް ހިންގަންވާނީ ހަމަޔާ އުސޫލެއްގެ ތެރެއިން. ސަރުކާރަށް ޕްރެޝަަރ ކުރުމާއި، ކޮންމެވެސް ކަމެއް ކޮށްގެން ޕާޓީގެ މެމްބަރުން ހިފެހެއްޓުމަށް، ކުރަންވާނީ ގައުމަށާއި އަވަށްޓެރިންނަށް ދުއްޕާން ނުޖެހޭ ކަހަލަ ކަންކަން. ތިޔަ އައުޓަކުން އިތުރުވާ ވޯޓެއް ނެތް.