ކ. މާލެ
|
22 މެއި 2022 | އާދީއްތަ 09:20
އެސޯސިއޭޝަން ކަޕްގެ ޕްރެލިމިނަރީ ބުރުގެ ތެރެއިން
އެސޯސިއޭޝަން ކަޕްގެ ޕްރެލިމިނަރީ ބުރުގެ ތެރެއިން
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
އެސޯސިއޭޝަން ކަޕް ޕްރެލިމިނަރީ ބުރު
އޮއްފު އެފްސީ ބަލިކޮށް ވެމްކޯ ކުރިއަށް
 
ވެމްކޯއިން އޮއްފު އެފްސީ ބަލިކުރީ 3 ސެޓު 1 ސެޓުން
 
ފުރަތަމަ މެޗުގައި ދެ ޓީމު ވެސް ވަނީ މޮޅުވެފައި
 
އެސޯސިއޭޝަން ކަޕުން ޖާގަ ލިބޭނީ ދެ ޓީމަކަށް

ވޮލީބޯޅަ އެސޯސިއޭޝަނުން ބާއްވާ އެސޯސިއޭޝަން ކަޕްގެ ޕްރެލިމިނަރީ ބުރުގެ ދެ ވަނަ މެޗުގައި ރޭ އޮއްފު އެފްސީ ބަލިކޮށް ކުލަބް ވެމްކޯއިން ކުރިއަށް ޖެހިލައިފިއެވެ.

މި ދެ ޓީމު ވަނީ ކުޅުނު ފުރަތަަމަ މެޗުގައި ވެސް މޮޅުވެފައެވެ. ފުރަތަަމަ މެޗުގައި އޮއްފު އެފްސީ ވަނީ އިންސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކުލަބްގެ މައްޗަށް ސީދާ ތިން ސެޓުން ކުރި ހޯދާފައެވެ. ކުލަބް ވެމްކޯއިން ވަނީ ފުރަތަމަ މެޗުގައި އައްޑޫ ސްޕޯޓްސް ކުލަބް ސީދާ ތިން ސެޓުން ބަލިކޮށްފައެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި ރޭ ކުޅުނު މެޗުން ވެމްކޯ މޮޅުވީ ތިން ސެޓު އެއް ސެޓުންނެވެ. ވާދަވެރިކޮށް ފެނުނު މި މެޗުގެ ފުރަތަަމަ ސެޓު ވެމްކޯއިން ކާމިޔާބުކުރީ 19-25 ންނެވެ. ނަމަވެސް އޮއްފު އެފްސީން ވަނީ ޖެހިގެން އައި ސެޓު ހޯދާފައެވެ. ދެ ވަނަ ސެޓު އޮއްފު އެފްސީން ކާމިޔާބުކުރީ 22-25 ންނެވެ. ދެން ޖެހިގެން އައި ދެ ސެޓު ވެސް ކާމިޔާބުކުރީ ވެމްކޯއެވެ. ވެމްކޯއިން ތިން ވަނަ ސެޓު ހޯދީ 20-25 ންނެވެ. އަދި ހަތަރު ވަނަ ސެޓު ހޯދީ 18-25 ންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެމްކޯގެ ނާޝިދު އަބްދުލް ޝަކޫރެވެ.

ޕްރެލިމިނަރީ ބުރުގައި ރޭ ދެން ކުޅުނީ އިންސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކުލަބާއި އައްޑޫ ސްޕޯޓްސް ކުލަބެވެ. އެ މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ އައްޑޫ ސްޕޯޓްސް ކުލަބެވެ. މެޗުގެ ސެޓުތައް އައްޑޫ ސްޕޯޓްސް ކުލަބުން ހޯދީ 20-25، 23-25 އަދި 23-25 ންނެވެ. މި ދެ ޓީމު ވެސް ވަނީ ކުޅުނު ފުރަތަަމަ މެޗުގައި ބަލިވެފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އައްޑޫ ސްޕޯޓްސް ކުލަބުގެ މުޙައްމަދު އަމްރާދެވެ.

ޕްރެލިމިނަރީ ބުރުގެ ފަހު މެޗުތައް އޮންނާނީ ހޯމަ ދުވަހުގެ ރޭގައެވެ. އެރޭގެ ފުރަތަމަ މެޗުގައި އިންސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކުލަބް ނިކުންނާނީ ކުލަބް ވެމްކޯއަ ދެކޮޅަށެވެ. އަދި ފަހު މެޗުގައި އޮއްފު އެފްސީ ނިކުންނާނީ އައްޑޫ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. އެސޯސިއޭޝަން ކަޕުން ޖާގަ ލިބޭނީ ޕްރެލިމިނަރީ ބުރުގެ އެއް ވަނަ ހޯދާ ޓީމާއި ދެ ވަނަ ހޯދާ ޓީމަކަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް