ކ. މާލެ
|
21 މެއި 2022 | ހޮނިހިރު 20:22
މުބާރާތުގެ ޗެމްޕިއަން ޓީމް ފެނަކަ
މުބާރާތުގެ ޗެމްޕިއަން ޓީމް ފެނަކަ
ރާއްޖެއެމްވީ
ފެނަކަ އިންޓަރ އޮފީސް ފުޓަސަލް ކަޕް
ފެނަކަ އިންޓަރ އޮފީސް ފުޓްސަލް ކަޕް: ޗެމްޕިއަންކަން ފެނަކައަށް
ފެނަކައިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ސްކޫލް ޓީމާއި ވާދަކޮށް 1-0

ނ. މާޅެންދޫގައި މިހާރު ކުރިއަށްދާ ފެނަކަ މާޅެންދޫ އިންޓަރ އޮފީސް ފުޓްސަލް ކަޕް ޓީމް ފެނަކައިން ކާމިޔާބުކޮށްފިއެވެ.

ޓީމް ފެނަކައިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ސްކޫލް ޓީމާއި ވާދަކޮށް 1-0ންނެވެ. މެޗުގެ ހަމައެކަނި ލަނޑު ފެނަކައަށް ކާމިޔާބުކޮށްދިނީ ހަސަން ޖަވާދުއެވެ. މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް ހޮވުނީ ހެލްތު ސެންޓަރ އެފްޓީއެވެ.

މުބާރާތުގެ ފުޓްސަލް ކިންގަކަށް ޓީމް ފެނަކައިގެ މޫސާ އަހްމަދު ހޮވުނުއިރު، މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހީވެސް އޭނާއެވެ. އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވުނީ އެޓީމުގެ މުހައްމަދު އިސްމާއިލްއެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ފެނަކައިގެ މޫސާ އަހްމަދު، ހަސަން ޖަވާދު އަދި ހަސަން އަބްދުއްރަހީމްގެ އިތުރުން ސްކޫލް ޓީމުގެ މޫސާ މުހައްމަދާއި އަބްދުﷲ ޝާފީންއެވެ.

މި މުބާރާތަކީ މާޅެންދޫގައި ކުރިއަށް ގެންދިޔަ އެންމެ އަގުބޮޑު އަދި އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު މުބާރާތްކަމަށް އެރަށުގެ ފެނަކަ ބްރާންޗުން މައުލޫމާތުދެއެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް ޓްރޮފީގެ އިތުރުން 5،000 ރުފިޔާގެ ފައިސާގެ އިނާމެއްވެސް ވަނީ ދީފައެވެ.

- ކޮމެންޓް