ނ. މާޅެންދޫގައި މިހާރު ކުރިއަށްދާ ފެނަަކަ މާޅެންދޫ އިންޓަރ އޮފީސް ފުޓްސަލް ކަޕް 2022ގެ ސެމީ ފައިނަލް މެޗް ކާމިޔާބުކޮށް މާޅެންދޫ ސްކޫލް ޓީމް ފައިނަލްގެ ދެވަނަ ޖާގަ ކަށަވަރުކޮށްފިއެވެ.
މުބާރާތުގައި ބުރާސްފަތި ދުވަހު ބައްދަލުކުރީ ޓީމް ކައުންސިލާއި މާޅެންދޫ ސްކޫލް ޓީމެވެ. މިމެޗް މާޅެންދޫ ސްކޫލް ޓީމުން ކާމިޔާބުކުރީ 4-1ންނެވެ. ސްކޫލް ޓީމުގެ ތިންލަނޑު މެޗުގެ މޮޅު ކުޅުންތެރިޔާ އަބުދުﷲ ޝާފީން ޖެހިއިރު، އަނެއް ލަނޑު ޖެހީ އަލީ މައުސޫމްއެވެ. ޝާފީން ޖަހައިދިން 3 ލަނޑާއެކު މިއީ މިމުބާރާތުގައި ކުޅުންތެރިއަކު ހެދު ފުރަތަމަ ހެޓްރިކެވެ. ޓީމް ކައުންސިލްގެ ހަމައެކަނި ލަނޑު ޖަހައިދިނީ އިސްމާއީލް ނަސީމްއެވެ.
ހަތަރުޓީމު ބައިވެރިވާ މިމުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭނީ ލީގުބުރެއް ކުޅެ ނިމޭއިރު އެއްވަނަ ހޯދާ ޓީމަކަށެވެވެ. އެއްވަނަ ޓީމެއްގެ ގޮތުގައި ފައިންގެ ފުރަތަމަ ޖާގަ ކަށަވަރުުކުރީ ނުވަ ޕޮއިންޓާ ފައިދާ އަށް ގޯލާ އެކު ޓީމް ފެނަކައެވެ.
މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މިއަންނަ ހޮނިހިރު ދުވަހުއެވެ. ފައިނަލުގައި ވާދަކުރާނީ ޓީމް ފެނަކައާއި މާޅެންދޫ ސްކޫލް ޓީމެވެ.