ކ. މާލެ
|
17 މެއި 2022 | އަންގާރަ 19:29
މުބާރާތުގައި ޓީމް ފެނަކައާއި ހެލްތު ސެންޓަރ އެފްޓީ ބައްދަލުކުރި މެޗުގެ ތެރެއިން
މުބާރާތުގައި ޓީމް ފެނަކައާއި ހެލްތު ސެންޓަރ އެފްޓީ ބައްދަލުކުރި މެޗުގެ ތެރެއިން
ރާއްޖެއެމްވީ
ފެނަކަ އިންޓަރ އޮފީސް ފުޓްސަލް ކަޕް
ފެނަކަ އިންޓަރ އޮފީސް ފުޓްސަލް ކަޕް: ހުރިހާ މެޗަކުން މޮޅުވެ ފެނަކަ ފައިނަލަށް
މިއަދުގެ މެޗު ޓީމް ފެނަކައިން ކާމިޔާބުކުރީ 2-0ން
ސެމީގައި ވާދަކުރާނީ މާޅެންދޫ ސްކޫލް ޓީމާއި ޓީމް ކައުންސިލް

ނ. މާޅެންދޫގައި މިހާރު ކުރިއަށްދާ ފެނަަކަ މާޅެންދޫ އިންޓަރ އޮފީސް ފުޓްސަލް ކަޕް 2022ގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ފެނަކައިން ކަށަވަރުކޮށްފިއެވެ.

މުބާރާތުގައި މިއަދު ބައްދަލުކުރީ މާޅެންދޫ ހެލްތު ސެންޓަރ އެފްޓީއާއި ޓީމް ފެނަކައެވެ. މިމެޗު ޓީމް ފެނަކައިން ކާމިޔާބުކުރީ 2-0ންނެވެ. ފެނަކައިގެ ލަނޑުތައް ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު މޫސާ އަހުމަދުއާއި، ހަސަން އަބުދުއްރަހީމްއެވެ.

ހަތަރު ޓީމު ބައްދަލުކުރާ މިމުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭނީ ލީގު ބުރުގައި އެއްވަނަ ހޯދާ ޓީމަކަށެވެ. ޓީމް ފެނަކަ ފުރަތަމަ ކުޅުނު މެޗު ކާމިޔާބުކުރީ ޓީމް ކައުންސިލާ ވާދަކޮށް 6-1ންނެވެ. މާޅެންދޫ ސްކޫލް ޓީމާ ވާދަކޮށް ދެވަނަ މެޗު ޓީމް ފެނަކައިން ކާމިޔާބު ކުރީ 2-1ންނެވެ.

ސެމީގައި ވާދަކުރާނީ ލީގު ބުރުގެ ދެވަނައަށް ދިޔަ މާޅެންދޫ ސްކޫލް ޓީމާއި ތިންވަނަ ހޯދި ޓީމް ކައުންސިލެވެ. ކުޅުނު އެއްމެޗުން މޮޅުވެ، އެހެން ހުރިހާ މެޗަކުން ބަލިވުމާއެކު ހެލްތު ސެންޓަރ ޓީމު ވަނީ މުބާރާތުން ކަޓާފައެވެ.

މުބާރާތުގެ ސެމީ ފައިނަލް މެޗު އޮންނާނީ ބުރާސްފަތި ދުވަހުއެވެ. މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މިމަހުގެ 21ވާ ހޮނިހިރު ދުވަހުއެވެ.

- ކޮމެންޓް