ކ. މާލެ
|
21 މެއި 2022 | ހޮނިހިރު 20:05
އެސޯސިއޭޝަން ކަޕްގެ ގުރު ނެގުމުގެ ތެރެއިން
އެސޯސިއޭޝަން ކަޕްގެ ގުރު ނެގުމުގެ ތެރެއިން
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ވީއޭއެމް އެސޯސިއޭޝަން ކަޕް
އެސޯސިއޭޝަން ކަޕް: އަންހެން ޑިވިޝަންގެ ގުރު ނަގައިފި
 
މުބާރާތް ކުރިއަށް ދާނީ ދެ ގްރޫޕަށް ބަހައިގެން
 
މުބާރާތުގައި 10 ޓީމުން ވާދަކުރޭ
 
މުބާރަތް ފަށާނީ މިމަހުގެ 24 ގައި

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ން ކުރިއަށް ގެންދާ އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ ގުރު ނަގައިފިއެވެ.

މި މުބާރާތުގެ ގުރު ނެގީ މިއަދު މެންދުރު ހެންވޭރު ބޯޅަ ގޭގަގައި އޮތް ރަސްމިއްޔާތެއްގައެވެ. މުބާރާތުގައި ޖުމުލަ 10 ޓީމަކުން ވާދަ ކުރެއެވެ. މުބާރާތް ކުރިއަށް ދާނީ ދެ ގްރޫޕަކަށް ބަަހައިގެންނެވެ. ކޮންމެ ގްރޫޕެއްގައި ވެސް ހިމެނެނީ ފަސް ޓީމެެވެ.

ގްރޫޕް އޭގައި ހިމެނޭ ޓީމުތަކަކީ ކުލަބް ވެމްކޯ، ކުލަބް ވޮލީބޯލް، އަލްމާ ސްޕޯޓްސް ކުލަބް، ޔޫތު ނިއު ޖެނަރޭޝަން އަދި ހިންމަފުއްޓެވެ. ގްރޫޕް ބީގައި ހިމެނޭ ޓީމުތަކަކީ ޕޮލިސް ކުލަބް، ވޮލީބޯލް ޔޫތު ނިއު ޖެނަރޭޝަން، އީގަލްސް، ދިވެހި ސިފައިންގެ ކުލަބް އަދި ކުލަބް ހާފް ލިންކޭޖެވެ.

މުބާރާތް ކުރިއަށް ދާނީ ގްރޫޕް ސްޓޭޖް މެޗުތައް ކުޅުމަށްފަހު، ކޮންމެ ގްރޫޕެއްގެ ވެސް އެއް ވަނަ ޓީމާއި ދެ ވަނަ ޓީމު ސެމީ ފައިނަލަށްދާ ގޮތަށެވެ. މުބާރާތް ކުޅޭނީ ތިން ސެމީ ފައިނަލަށެވެ.

ފުރަތަމަ ސެމީގައި ކުޅޭނީ ގްރޫޕް އޭގެ އެއް ވަނަ ޓީމާއި ގްރޫޕް ބީގެ ދެ ވަނަ ޓީމެވެ. މި ސެމީން މޮޅުވާ ޓީމަކަށްް ފައިނަލުން ޖާގަ ލިބޭނެއެވެ. ދެ ވަނަ ސެމީގައި ކުޅޭނީ ގްރޫޕް އޭގެ ދެ ވަނަ ޓީމާއި ގްރޫޕް ބީގެ އެއް ވަނަ ޓީމެވެ. ފަހު ސެމީގައި ކުޅޭނީ ފުރަތަމަ ސެމީގައި ބަލިވި ޓީމާއި ދެ ވަނަ ސެމީގައި މޮޅުވި ޓީމެވެ.

މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 24 ވަނަ ދުވަހުގެ ރޭގައެވެ. މުބާރާތް ކުރިއަށްދާނީ ކޮންމެ ރެޔަކުވެސް ދެ މެޗު ކުޅޭ ގޮތަށެެވެ. އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގެ  ޕްރެލިމިނަރީ ބުރުގެ މެޗުތައް ރޭގައި ވަނީ ފަށާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް