ކ. މާލެ
|
21 މެއި 2022 | ހޮނިހިރު 18:09
އިންޑިއާ އައުޓް މުޒާހަރާއެއްގެ ތެރެއިން
އިންޑިއާ އައުޓް މުޒާހަރާއެއްގެ ތެރެއިން
ސިމާހާ ނަސީމް
އިންޑިއާ އައުޓް ކެމްޕޭން
އިންޑިއާ އައުޓް ހަރަކާތުގައި އިދިކޮޅު ކޯލިޝަންގެ މެމްބަރުން ބައިވެރިވާކަށް ބޭނުމެއް ނުވޭ
ޕާޓީން ވަރަށް ގިނަ މީހުން ދަނީ ވަކިވަމުން

ޕީޕީއެމް އިސްވެ އޮވެ އިދިކޮޅު ކޯލިޝަނުން ބާއްވާ އިންޑިއާ އައުޓް ހަރަކާތުގައި ޕީޕީއެމްގެ މެމްބަރުން ބައިވެރިވާން ބޭނުންނުވާކަން ރާއްޖެއެމްވީއަށް އެނގިއްޖެއެވެ.

ޕީޕީއެމްގެ ކައުންސިލް މެމްބަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް ރާއްޖެއެމްވީއަށް ވިދާޅުވީ ޕާޓީގެ އެތެރޭގެ މައްސަލަ ބޮޑުވެ، އެ ޕާޓީން ވަރަށް ގިނަ މީހުން މިހާރު ވަކިވަމުންދާ ކަމަށެވެ. އަދި އިންޑިއާ އައުޓް މުޒާހަރާއަށް ވެސް އާންމު މެމްބަރުން ނެރެ، ޕާޓީގެ އިސް މެމްބަރުން ފިލާ ތިބޭތީ އެކަމާއި ވެސް ބައެއް މެމްބަރުން ހިތްހަމަނުޖެހޭ ކަމަށެވެ.

Advertisement

ޕާޓީގެ އަމިއްލަ ސިޔާސަތުގެ ސަބަބުން މިހާރު މުޒާހަރާއަށް ވެސް މީހުން ހަމަކުރުމުގައި ޕާޓީއަށް ދަތިވާ ކަމަށް އެ ކައުންސިލް މެމްބަރު ވިދާޅުވިއެވެ. އެ ޕާޓީއަށް މެމްބަރުން ނުވަދެގެން އާދޭސް ކުރަމުންދާއިރު އެޕާޓީގެ ގިނަ މެމްބަރުންނަކީ މުޒާހަރާކޮށް ރައްޔިތުންނަށް އުނދަގޫ ޖައްސަން ބޭނުވާބައެއްނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަންގެ ވަޓްސްއަޕް ގްރޫޕްގެ މެސެޖްތައް

އިންޑިޔާއާ މެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތަކީ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި، ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ މިއަހަރުގެ 3 ވަނަ ބައްދަލުވުމުގައި ކަނޑައަޅާފައިވާކަން ބަޔާން ކުރައްވައި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ޤަރާރެއް ވެސް ނެރުއްވާފައެވެ. އެޤަރާރު ނެރުއްވާފައިވަނީ 21 އޭޕްރީލް 2022 ގައެވެ.

ރައީސް އެގޮތަށް ޤަރާރު ނެރުއްވުމުންވެސް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް އިން ވަނީ އިންޑިޔާ އައުޓް ލިޔުމުގައި ބަސްތައް ބަދަލުކޮށްގެން އެ ހަރަކާތް ހިންގާފައެވެ. އަދި އެ ޙަރަކާތް ނުހުއްޓުވޭނެކަމަށް ބުނެ ޕީޕީއެމްއިން ވަނީ ޓްވީޓުވެސް ކޮށްފައެވެ.

ނުސީދާ އިބާރާތްތަކާއި ކުރެހުންތައް ބޭނުންކޮށްގެން "އިންޑިއާ އައުޓް" ކެމްޕޭން ހިންގުމަށް ކުރަމުންދާ ކަންތައްތަކަކީ ކޯޓު އަމުރަށް ގޮން ޖެހުމުގެ އަމަލުތަކެއްކަމަށް ބެލެވޭނެކަމަށް ކްރިމިނަލް ކޯޓުން ވެސް ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް