ކ. މާލެ
|
21 މެއި 2022 | ހޮނިހިރު 16:09
ފިލް ފޮޑެން
ފިލް ފޮޑެން
ޓްވިޓަރ
އިނގިރޭސި ޕްރިމިއާ ލީގު
ޕްރްމިއާ ލީގުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ފޮޑެން
 
ސީޒަންގެ އެންމެ ޒުވާން ކުޅުންތެރިޔަކަށް ފިލް ފޮޑެން
 
މަގާމު ހޯދީ މައުންޓާއި ޑެކްލަން ރައިސްއާ ވާދަކޮށް
 
ފޮޑެން ވަނީ ނުވަ ގޯލު ޖަހައި، ފަސް ގޯލު ޖެހުމަށް އެހީތެރިވެދީފައި

އިނގިރޭސި ޕްރިމިއާ ލީގުގެ މިސީޒަންގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ފިލް ފޮޑެން ހޮވިއްޖެއެވެ.

މިދިޔަ ސީޒަނުގެ ވެސް އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ހޮވުނު ފޮޑެން މިފަހަރު އެ މަގާމު ހޯދީ ޗެލްސީގެ މޭސަން މައުންޓާއި ވެސްޓް ހޭމްގެ ޑެކްލަން ރައިސްއާ ވާދަކޮށެވެ. މި ސީޒަނުގެ މިހާތަނަށް ފޮޑެން ވަނީ ނުވަ ގޯލު ޖަހައި، ފަސް ގޯލު ޖެހުމަށް އެހީތެރިވެދީފައެވެ.

ފޮޑެންއާ ގުޅޭގޮތުން އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ޒިންމާއަކީ ފޮޑެންއަށް މައްސަލައެއް ނޫންކަމަށެވެ. ފުރަތަމަ ދުވަހުން ފެށިގެން ވެސް އޭނާ ރަނގަޅު ހިސާބަކަށް ގޮސްފިކަމަށެވެ. މީގެ އިތުރުން ގާޑިއޯލާ ބުނީ ފޮޑެންއަށް ކޮންމެ މަގާމަކަށް ވެސް ކުޅެވިދާނެކަމަށެވެ. ފޮޑެންގެ ހުނަރާއި، ބާރު ދުވުމަށް ބަލާއިރު، އޭނާއަށް އެންމެ ރަނގަޅީ ވައިޑް ޕޮސިޝަން ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ.

މި ސީޒަނުގެ ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ ލިވަޕޫލްގެ މުޙައްމަދު ޞަލާޙާއި، މެންޗެސްޓާ ސިޓީގެ ކެވިން ޑިބްރައިނާ އަދި ޓޮޓެންހަމްގެ ސޮން ހުއެން-މިންއެވެ. މީގެ އިތުރުން އެންމެ މޮޅު ކޯޗުގެ މަގާމަށް ވާދަކުރަނީ ސިޓީގެ ކޯޗު ގާޑިއޯލާ، ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް އަދި ކްރިސްޓަލް ޕެލެސްގެ ކޯޗު ޕެޓްރިކް ވިއެރާއެވެ.

މި ސީޒަނުގެ ލީގު ޗެމްޕިއަނުން ކަނޑައެޅޭނީ ފަހު މެޗުގައެވެ. ފަހު މެޗުގައި މާދަމާ ރޭ ސިޓީ ނިކުންނާނީ އެސްޓަން ވިލާއާ ދެކޮޅަށެވެ. އަދި ލިވަޕޫލް ނިކުންނާނީ ވުލްވްސް އާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް