ކ. މާލެ
|
21 މެއި 2022 | ހޮނިހިރު 10:59
ރައީސް ސޯލިހު ޗެސް ކުޅުއްވަނީ
ރައީސް ސޯލިހު ޗެސް ކުޅުއްވަނީ
ރައީސް އޮފީސް
ވެސްޓާން އޭޝިއަން ޖޫނިއަރ ޗެސް ޗެމްޕިއަންޝިޕް
ރާއްޖޭގައި ބާއްވާ ފުރަތަމަ އިންޓަރނޭޝަނަލް ޗެސް މުބާރާތް އަންނަ މަހު
 
މިއީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިންޓަރނޭޝަނަލް މުބާރާތް
 
މުބާރާތް އޮންނާނީ ޖޫން 15ން 23ށް އއ. އުކުޅަހުގައި

ރާއްޖޭގައި ބާއްވާ ފުރަތަަމަ އިންޓަރނޭޝަނަލް ޗެސް މުބާރާތް އަންނަ މަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

"ވެސްޓާން އޭޝިއަން ޖޫނިއަރ ޗެސް ޗެމްޕިއަންޝިޕް 2022" ގެ ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތް އޮންނާނީ ޖޫން 15ން 23ށް އއ. އުކުޅަހުގައެވެ.

މޯލްޑިވްސް ޗެސް އެސޯސިއޭޝަނުން ކުރިއަށްގެންދާ މި މުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިންޓަރނޭޝަނަލް މުބާރާތެވެ. މި މުބާރާތުގައި ޖުމްލަ ނުވަ ގައުމަކުން ބައިވެރިވެފައިވެއެވެ. ރާއްޖޭގެ އިތުރުން މުބާރާތުގައި ބައިވެރިވަނީ ކަޒަކިސްތާން، ކިރިގިސްތާން، އުޒްބަކިސްތާނުގެ އިތުރުން ބަންގްލަދޭޝް، އިންޑިއާ، ނޭޕާލާއި ޕާކިސްތާން އަދި ސްރީލަންކާއެވެ.

މިފަހަރުގެ މުބާރާތް ކުރިއަށް ގެންދާނީ "ވިސްނުންތެރި ކުދިން-މައްސަލަތަކަށް ބޭނުންކުރާނީ ސުލްހަވެރި ހައްލެއް" މި ޝިއާރުގެ ދަށުންނެވެ.

އަންހެން އަދި ފިރިހެން ޑިވިޝަން ހިމެނޭ ގޮތަށް މުބާރާތް ކުރިއަށް ގެންދާނީ ހަ އުމުރުފުރާއަކަށް ބަހާލައިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
67%
0%
0%
0%
33%
ކޮމެންޓް