ކ. މާލެ
|
21 މެއި 2022 | ހޮނިހިރު 10:10
ރާއްޖެ އެމްވީ ކުއްލި ޚަބަރު
ރާއްޖެ އެމްވީ ކުއްލި ޚަބަރު
އިމާރާތަކުން ވެއްޓި މީހަކު މަރުވެއްޖެ
ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން މީހަކު ވެއްޓި މަރުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އިމާރާތަކުން ވެއްޓި މަރުވެފައިވަނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ވެއްޓިފައިވަނީ ރިސޯޓުގެ އިމާރާތެއްގެ 4 ވަނަ ފަންގިފިލާއިން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މައުލޫމާތުދޭގޮތުގައި, އެ މީހާ ވެއްޓުނުކަމުގެ މައުލޫމާތު ލިބިފައިވަނީ ހުކުރު ދުވަހުގެ ރޭ 12:49ހާއިރުއެވެ. އެ މީހާ އެ އަތޮޅުގެ އުނގޫފާރު ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި، ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދޭކަމަށް ފުލުހުން ބުނެއެވެ.

މިކަމާ ގުޅިގެން ބަލަން ޖެހޭ އިތުރު ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

- ކޮމެންޓް