ކ. މާލެ
|
21 މެއި 2022 | ހޮނިހިރު 00:23
އެސޯސިއޭޝަން ކަޕްގެ ތެރެއިން
އެސޯސިއޭޝަން ކަޕްގެ ތެރެއިން
ޝައިހާން ޒަރީރް
އެސޯސިއޭޝަން ކަޕް
އޮފް އެފްސީ އާއި ވެމްކޯއިން ފެށުން ރަނގަޅުކޮށްފި
 
އޮފް މޮޅުވީ އިންސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކުލަބް އަތުން
 
ވެމްކޯ މޮޅުވީ އައްޑޫ ސްޕޯޓްސް ކުލަބު އަތުން
 
އެއް ވަނަ ޓީމާއި ދެ ވަނަ ޓީމަށް އެސޯސިއޭޝަން ކަޕުން ޖާގަ ލިބޭނެ

ވޮލީބޯޅަ އެސޯސިއޭޝަނުން ބާއްވާ އެސޯސިއޭޝަން ކަޕްގެ ޕްރެލިމިނަރީ ބުރުގެ ފުރަތަމަ މެޗު ކާމިޔާބުކޮށް އޮފް އެފްސީ އާއި ކުލަބް ވެމްކޯ މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި އޮފް އެފްސީ ނިކުތީ އިންސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. އޮފް އެފްސީން އެ މެޗު ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ 12-25، 17-25 އަދި 12-25 ންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އޮފް އެފްސީގެ ހުސެއިން ސައީދުއެވެ.

ދެ ވަނަ މެޗުގައި ވާދަކުރީ އައްޑޫ ސްޕޯޓްސް ކުލަބާއި ކުލަބް ވެމްކޯއެވެ. ފަސޭހަކަމާއެކު ސީދާ ތިން ސެޓުން މެޗު ކާމިޔާބުކުރީ ކުލަބް ވެމްކޯއެވެ. ވެމްކޯއިން މެޗުގެ ސެޓުތައް ހޯދީ 12-25، 18-25 އަދި 17-25 ންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ވެމްކޯގެ އިސްމާއިިލް ސާޖިދެވެ.

މުބާރާތުގެ ތިން ވަނަ މެޗުގައި މާދަމާ ރޭ އިންސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކުލަބް ނިކުންނާނީ އައްޑޫ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. އަދި ހަތަރު ވަނަ މެޗުގައި ހަމަ އެރޭ ކުލަބް ވެމްކޯ ބައްދަލުކުރާނީ އޮފް ސްޕޯޓްސް ކުލަބާއެވެ. ޕްރެލިމިނަރީ ބުރުގެ އެއް ވަނަ ޓީމާއި ދެ ވަނަ ޓީމަށް އެސޯސިއޭޝަން ކަޕުން ޖާގަ ލިބޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް