ކ. މާލެ
|
20 މެއި 2022 | ހުކުރު 18:47
ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ސީޒަން 2
ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ސީޒަން 2
ރާއްޖެއެމްވީ
ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް
ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ދެވަނަ ސީޒަން ކާމިޔާބު ކުރާނީ ކާކު؟
ޓޮޕް 5 އަށް ހޮވުނު ބައިވެރިންނަކީ ފަރީލާ، ދޮނާ، އިފްނާޒް، ފުބޫ، ރޯމަން

ރާއްޖެޓީވީން ގެނެސްދޭ ރިއަލިޓީ ޝޯވ "ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް"ގެ ދެވަނަ ސީޒަންގެ ހަތް ވަނަ އެޕިސޯޑު ހުކުރު ދުވަހުގެ ރޭ ދެއްކުމަށް ނިންމައިފިއެވެ.

މި އެޕިސޯޑަކީ ވަރަށް ޚާއްސަ އެޕިސޯޑަކަށް ވެގެންދާނެއެވެ. އެއީ މި އެޕިސޯޑުގައި މިހާރު ޓޮޕް 5 އަކަށް ހޮވުނު ބައިވެރިން ކަމަށްވާ ފަރީލާ، ދޮނާ، އިފްނާޒް، ފުބޫ، ރޯމަން ފުރިހަމަ ކުރާ ޓާސްކްތައް މާކްސް ދިނުމަށް ނިންމާފައިވާތީއެވެ.

ސެލެބްރިޓީ ރޭހުގެ ޚާއްސަ އެޕިސޯޑެއް ރާއްޖެޓީވީން ދައްކާފައިވާއިރު ބައިވެރިން ވަނީ ޝޯ އާއި ޝޯގެ އިންތިޒާމުތަކާއި ބެހޭގޮތުން ވާހަކަ ދައްކާފައެވެ.  

އެގޮތުން އިންތިޒާމާމެދު ހިތްހަމަޖެހޭކަމަށް ރޯމަން ބުނެފައިވާއިރު އެކޮމަންޑޭޝަން ރަނގަޅަށް ހަދާފައި ހުރި ކަމަށާއި ޑައިނިންގް ޓޭބަލް ވަރަށް ރީތިކޮށް ހަދާފައި، ކާއެއްޗެހި ވެސް ވަގުތުން ލިބޭ ކަމަށް ދޮނާ ބުންޏެވެ.

ފުބޫ ބުނީ މިފުރުސަތާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި ވަރަށް ބައިވަރު ކަންތައްތައް ޝޯ އިން ދަސްވި ކަމަށެވެ. އަދި ކޮންމެ ދުވަހަކީ ވެސް ޗެލެންޖެއް ކަމަށް އޭނާ ބުންޏެވެ.

ފަރީލާ ބުނީ ބޮޑު އިނާމަކާއެކު މި ފުރުސަތު ސެލެބްރިޓީންނަށް ހުޅުވާލުމުން އެކަމާއި އުފާ ކުރާ ކަމަށާއި މިއީ ސެލެބްރިޓީންނަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.

އައްޒަ ބުނީ ހީނުކުރާ ވަރަށް ގިނަ ކަންތައްތައް ވި ކަމަށާއި ވައިލްޑް ކާޑް އެންޓްރީގެ ފުރުސަތު ލިބުމުން އުފާވި ކަމަށެވެ. ސެލެބްރިޓީންނަށް މިފަދަ ފުރުސަތު ހޯދައިދޭ މިންވަރު ވަރަށް މަދު ކަމަށާއި މިއީ ބޮޑު ޚަރަދެއް ކޮށްގެން ބާއްވާ ރަނގަޅު ޝޯއެއް ކަމަށް ވެސް އައްޒަ ބުންޏެވެ.

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ސީޒަން 2

ޝޯގެ ހަވަނަ އެޕިސޯޑު ނިމުނުތަނާ ބައިވެރިންނަށް ވޯޓްލާން ހުޅުވާލާފައިވާއިރު ވޯޓް ލުމުގެ ސުންގަޑި އަކީ މި މަހުގެ 26 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ޖެހުމާއި ހަމައަށެވެ. ހަތްވަނަ އެޕިސޯޑަށް ފަހު ދެން ގްރޭންޑް ފިނާލޭ އިއުލާން ކުރާނެއެވެ. އެގޮތުން މިހާރު ތިބި ފަސް ބައިވެރިންނަށް ވޯޓް ދިނުމަށް ނިންމާފައިވަނީ ހަތްވަނަ އެޕިސޯޑުގައި ފުރިހަމަ ކުރާ ޓާސްކްތަކަށް 80 އިންސައްތަ މާކްސް އާއި އާންމުން ދޭ ވޯޓްގެ 20 އިންސައްތަ މާކްސްއެވެ.

ސެލެބްރިޓީ ރޭހަކީ ސަރވައިވަލް ޝޯވްއެއްގެ ގޮތުގައި ރާއްޖޭގައި ކުރިއަށްގެންދިޔަ ފުރަތަމަ ޝޯ އެވެ.

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ސީޒަން 2
- ކޮމެންޓް
20 މެއި 2022 | ހުކުރު 22:16
ޭއެއްކަލަ
ކޮންތާކުން ގެނައި އިފްނާޒެއް؟؟؟؟ ތިބުނާގޮތުން އައްޒަ އެއް ނެތް ދޯ ޓޮޕް 5 ގައެއް
20 މެއި 2022 | ހުކުރު 20:23
ތިއްތު
ސަރވައިވަލް ޝޯ އެއް ނަމަ ގަޑި ޖޭހޭ އިރަށް ކާއެއްޗެހި ތައްޔާރު ކޮށްދީފަ ނުހުންނާނެ އެންނު. މިދިޔަ އަހަރު ޝޯ އެގޮތުން މާ ފުރިހަމަ. މާގިނަ ހުނަރުތައް ވެސް ދަސްވާނެ