ކ. މާލެ
|
19 މެއި 2022 | ބުރާސްފަތި 20:54
ވެލާނާ އެއަރޕޯޓުގެ އައު ޓަރމިނަލްގެ މަސައްކަތް ދާގޮތް ބައްލަވާލައްވަނީ - ޖަޒީރާ ވަންތަ ބަދަލުތަކެއް ޓަރމިނަލަށް ގެނައުމަށް ވަނީ ނިންމަވާފައި
ވެލާނާ އެއަރޕޯޓުގެ އައު ޓަރމިނަލްގެ މަސައްކަތް ދާގޮތް ބައްލަވާލައްވަނީ - ޖަޒީރާ ވަންތަ ބަދަލުތަކެއް ޓަރމިނަލަށް ގެނައުމަށް ވަނީ ނިންމަވާފައި
ރައީސް އޮފީސް
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް
ރައީސް ސޯލިހު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޒިޔާރަތްކުރައްވައި، ތަރައްގީގެ މަސައްކަތްތައް ބައްލަވާލައްވައިފި
 
އެއަރޕޯޓުގެ ކާރގޯ ޓަރމިނަލުގެ 93 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައި
 
އަލަށް ގާއިމްކުރާ ފިޔުލް ހައިޑްރަންޓް ސިސްޓަމުގެ 85 އިންސައްތަ މަސައްކަތް ވަނީ ނިމިފައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ)އަށް ޒިޔާރަތްކުރައްވައި، އެއަރޕޯޓުގައި ހިނގަމުންދާ ތަރައްގީގެ މަސައްކަތްތައް ބައްލަވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވީ.އައި.އޭއަށް ބުރާސްފަތި ދުވަހުގެ ހަވީރު ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނު ވަނީ އެއަރޕޯޓު ބައެއް ސަރަހައްދުތަކަށް ވަޑައިގެން، އެއަރޕޯޓުގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެއަރޕޯޓުގެ އައު ސީޕްލޭން ޓަރމިނަލް، ފަޔަރ ސްޓޭޝަން، ޕެސެންޖަރ ޓަރމިނަލް ބިލްޑިންގ، ކާރގޯ ޓަރމިނަލް އަދި ފިއުލް ފާރމުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ.

އައު ސީޕްލޭން ޓަރމިނަލުގެ މަސައްކަތުގެ 99.9 އިންސައްތަ ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ ރިސޯޓު ލައުންޖް އޮޕަރޭޓަރުންގެ ލައުންޖްތަކުގެ ފިޓްއައުޓްގެ މަސައްކަތްތަކެވެ. އަލަށް ގާއިމްކުރާ ފިޔުލް ހައިޑްރަންޓް ސިސްޓަމުގެ 85 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާއިރު، މިހާރު ބޭނުންކުރަމުންދާ ރަންވޭގެ ދަށުން ދާންޖެހޭ ފިޔުލް ހައިޑްރަންޓް ލައިން އެޅުމުގެ އިތުރުން ކޮމިޝަން ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ދަނީ ކުރެވެމުންނެވެ.

ވީ.އައި.އޭގެ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން ފިއުލް ފާމުގެ 95 އިންސައްތަ މަސައްކަތް ނިމި މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި، އިލެކްޓްރިކަލް އަދި ފަޔަރ ފައިޓިންގ ސިސްޓަމްތަކާއި، ސެކިޔުރިޓީއާއި ސީސީޓީވީތައް ކޮމިޝަންކޮށް ޓެސްޓުކުރުން ހިމެނެއެވެ. މިއާއެކު ފިޔުލް ސިސްޓަމްތައް ޓެސްޓްކޮށް ކޮމިޝަންކުރުމުގެ މަސައްކަތްތައް ކުރިއަށް ރޭވިފައިވެއެވެ. މި މަޝްރޫއުގެ ދަށުން ގާއިމްކުރި ލޭންޑްސައިޑް ފިއުލިންގް ސްޓޭޝަންގެ މަސައްކަތްތައް ނިމިފައިވާއިރު، އަދި ކަރަންޓު ޓެސްޓުކުރުމާއި މީހުން ތަމްރީނުކުރުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާއިރު، މި ހިނގާ މޭ މަހުގެ ނިޔަލަށް މި ސްޓޭޝަން ބޭނުންކުރަން ފެށޭނެކަމަށް އަންދާޒާކުރެވެއެވެ.

އެއަރޕޯޓުގެ ކާރގޯ ޓަރމިނަލުގެ 93 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. ޓަރމިނަލުގެ އެތެރޭގެ ފެންސް ޖެހުމުގެ އިތުރުން، ފިނިޝިންގގެ ބައެއް މަސައްކަތްތަކާއި މެޝިނަރީ އިންސްޓޯލްކުރުމާއެކު އައި.ސީ.ޓީ ނެޓްވަރކް ގާއިމްކުރުމުގެ މަސައްކަތްތައް ކުރިއަށް ރޭވިފައި އެބަހުއްޓެވެ. ޓަރމިނަލް ފުރިހަމަކުރުމަށް ބޭނުންވާ ބައެއް ސާމާނު ލިބުމުގައި ހުރި ދަތިކަމާއެކުވެސް ސެޕްޓެންބަރު މަހުގެ މެދުތެރެއަށް ޓަރމިނަލް ޓެސްޓުކުރެވި ކޮމިޝަންކޮށް ނިންމާލެވޭނެކަމަށް އަންދާޒާކުރެވެއެވެ. ޓަރމިނަލާ އިންވެގެން ތަރައްގީކުރެވެމުންދާ ކާރގޯ ހާބަރުގެ މަސައްކަތުގެ 98 އިންސައްތަ މިހާރު ވަނީ ނިންމާލެވިފައެވެ. އައު ޕެސެންޖަރ ޓަރމިނަލް މަޝްރޫއުގެ 30 އިންސައްތަ މަސައްކަތް ކުރިއަށްގޮސްފައިވާއިރު، އެ އިމާރާތް އިތުރަށް ފުރިހަމަކުރުމަށް ގެނެވުނު ބަދަލުތަކަކާއެކު މަސައްކަތް ހަލުވިކަމާއެކު ދަނީ ކުރިއަށެވެ.

ކޮމެންޓް
ގުޅުންހުރި