ކ. މާލެ
|
17 މެއި 2022 | އަންގާރަ 21:32
ލިވަޕޫލްގެ ސަލާހް އާއި ވެންޑައިކް
ލިވަޕޫލްގެ ސަލާހް އާއި ވެންޑައިކް
މާސާ
ޔުއެފާ ޗެމްޕިއަންސް ލީގު
ސަލާހް އާއި ވެންޑައިކްއަށް ޗެމްޕިއަންސް ލީގު ފައިނަލުގައި ކުޅެވޭނެ: ކްލޮޕް
 
އެފްއޭ ކަޕްގެ ފައިނަލް މެޗުގައި މި ދެކުޅުންތެރިންނަށްވެސް ވަނީ އަނިޔާވެފައި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްމެޗުގައި ލިވަޕޫލްގެ މުހައްމަދު ސަލާހް އަދި ވެންޑައިކްއަށް ކުޅެވޭނެކަމަށް އެޓީމުގެ ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.

އެފްއޭ ކަޕްގެ ފައިނަލް މެޗުގައި މި ދެކުޅުންތެރިންނަށްވެސް ވަނީ އަނިޔާވެފައެވެ. މިއާއެކު ޓީމުގެ އެންމެ މުހިންމު ދެކުޅުންތެރިންނަށް ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ނުކުޅެވިދާނެ ކަމުގެ ބިރު ސަޕޯޓަރުންނަށް ވަނީ ކުރިމަތިވެފައެވެ.

މިކަން ސާފުކޮށްދެމުން ކްލޮޕް ބުނީ އަންގާރަ ދުވަހުގެރޭ ސައުތެމްޕްޓަންއާއި ދެކޮޅަށް ވާދަކުރާ މެޗުގައި މި ދެކުޅުންތެރިން ނުފެންނާނެ ކަމަށެވެ. ނަމަވެސް ވޮލްވާހެމްޕްޓަން އާއި ދެކޮޅަށް ހޮނިހިރު ދުވަހު ކުޅޭ މެޗުގައި މި ދެކުޅުންތެރިންނަށްވެސް ކުޅެވޭނެކަމަށް ކްލޮޕް ބުންޏެވެ.

މި ދެކުޅުންތެރިންނަށް ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކުޅެވުމަކީ ކްލޮޕްއަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ލިވަޕޫލްއިން އަމާޒުހިފާފައިވަނީ މި ސީޒަންގެ ޗެމްޕިއަންސް ލީގާއި ޕްރިމިއަރ ލީގުވެސް ކާމިޔާބުކޮށް ފުރިހަމަ ސީޒަނެއް ނިންމާލުމަށެވެ. އެޓީމުން ވަނީ ޗެލްސީ އާއި ވާދަކޮށް ދާދި ފަހުން އެފްއޭކަޕް ވެސް ކާމިޔާބުކޮށްފައެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވާދަކުރާނީ ރެއާލް މެޑްރިޑާއި ލިވަޕޫލްއެވެ. މި މެޗު އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
100%
0%
0%
0%
0%
ކޮމެންޓް