ކ. މާލެ
|
17 މެއި 2022 | އަންގާރަ 19:01
އިންޑޮނޭޝިއާއަށް ދަތުރުކުރާ މީހުން ކޮވިޑް-19ގެ ވެކްސިން ފުރިހަމަކޮށްފައިވާނަމަ، ދެން ޕީސީއާރް ޓެސްޓްގެ ނަތީޖާ ދައްކަން ނުޖެހޭނެކަމަށް އެގައުމުގެ ރައީސް އިއުލާންކުރައްވައިފި
އިންޑޮނޭޝިއާއަށް ދަތުރުކުރާ މީހުން ކޮވިޑް-19ގެ ވެކްސިން ފުރިހަމަކޮށްފައިވާނަމަ، ދެން ޕީސީއާރް ޓެސްޓްގެ ނަތީޖާ ދައްކަން ނުޖެހޭނެކަމަށް އެގައުމުގެ ރައީސް އިއުލާންކުރައްވައިފި
އޭޕީ
އިންޑޮނޭޝިއާއިން ކޮވިޑް ފިޔަވަޅުތަކަށް ލުއިދިނުން
ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުން، ކޮވިޑް ޓެސްޓް ނަތީޖާއާ ނުލައި ދަތުރުކުރެވޭނެ ގޮތް އިންޑޮނޭޝިއާއިން ހަދައިފި
ކޮވިޑް-19 ޓާސްކްފޯސްގެ ތަރުޖަމާނު ވިދާޅުވީ، ކޮވިޑް-19 ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ބުދަ ދުވަހުން ފެށިގެން ޕީސީއާރު ޓެސްޓު ނުހަދައި އެގައުމަށް ދަތުރުކުރެވޭނެ ކަމަށް
މިކަމުގެ އިތުރު ތަފްސީލްތަކާއެކު ގައިޑްލައިނެއް ބުދަދުވަހު ނެރޭނެ
އިންޑޮނޭޝިއާއިން މާޗު މަހު ވަނީ އެގައުމުގެ އެތެރޭގެ ދަތުރުތައް ކުރާ މީހުންނަށް، ކޮވިޑް-19ގެ ވެކްސިން ފުރިހަމަކުރުމުން ޕީސީއާރް ޓެސްޓް ނުހަދާ ދަތުރުކުރެވޭނެ ގޮތް ހަދާފައި

ކޮވިޑް-19 ވެކްސިން ފުރިހަމަކޮށްފައިވާ މީހުން އިންޑޮނޭޝިއާއަށް ދަތުރުކުރާއިރު، ނެގެޓިވް ޕީސީއާރު ޓެސްޓްގެ ނަތީޖާ ދައްކަން ނުޖެހޭ ގޮތަށް އެގައުމުން ހަދައިފިއެވެ.

އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ އަންގާރަ ދުވަހު ވަނީ، އެގައުމަށް ދަތުރުކުރާ މީހުން ކޮވިޑް-19ގެ ވެކްސިން ފުރިހަމަކޮށްފައިވާނަމަ ދެން ޕީސީއާރް ޓެސްޓްގެ ނަތީޖާ ދައްކަން ނުޖެހޭނެކަމަށް އިއުލާންކުރައްވާފައެވެ.

މިކަމާގުޅިގެން އެގައުމުގެ ކޮވިޑް-19 ޓާސްކްފޯސްގެ ތަރުޖަމާނު ވަނީ، ކޮވިޑް-19 ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ބުދަ ދުވަހުން ފެށިގެން ޕީސީއާރު ޓެސްޓު ނުހަދައި އެގައުމަށް ދަތުރުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

މިކަމުގެ އިތުރު ތަފްސީލްތަކާއެކު ގައިޑްލައިނެއް ބުދަ ދުވަހު ނެރޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިންޑޮނޭޝިއާއިން މާޗު މަހު ވަނީ އެގައުމުގެ އެތެރޭގެ ދަތުރުތައް ކުރާ މީހުންނަށް ކޮވިޑް-19ގެ ވެކްސިން ފުރިހަމަކުރުމުން ޕީސީއާރް ޓެސްޓް ނުހަދައި ދަތުރުކުރެވޭނެ ގޮތް ހަދާފައެވެ.

އިންޑޮނޭޝިއާގެ ރައީސް ވަނީ ކުރިއަށް އޮތް ތަނުގައި އެގައުމުގައި މާސްކު އެޅުން މަޖުބޫރުކޮށްފައިވާ ކުރުމަށް ލުއިދޭނެކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން ބޭރުގައި އުޅޭއިރު، އެހާ ގިނަ މީހުން އެއްތަނަކަށް އެއް ނުވާނަމަ މާސްކު ނާޅައި އުޅެވޭނެ ކަމަށާއި، އެހެން ނަމަވެސް ޕަބްލިކް ޓްރާންސްޕޯޓް ބޭނުންކުރާއިރުއާއި ތަންތަނުގެ އެތެރޭގައި ހަރަކާތްތެރިވާއިރު މާސްކު އަޅަން މަޖުބޫރުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

- ކޮމެންޓް