ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ހުރިހާ ރަށަކަށް ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރުނީ ބޯކޮށް ވާރޭ ވެހުމާއި ވައި ޖެހުމާއި ކަނޑުތައް ގަދަވުމުގެ ސަބަބުންނެވެ. އެގޮތުން، ގަޑިއަކު 25 މޭލާއި 30 މޭލު ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.
މެޓް އޮފީހުން ބުނެފައިވާ ގޮތުގައި އަންގާރަ ދުވަހު ކަނޑުތައް ގަދަވުމުގެ ސަބަބުން އުދަ އެރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
ޔެލޯ އެލާޓް ނެރެފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު 10 އިން މެންދުރު 3 އަށެވެ.
މި ދުވަސްވަރު ރާއްޖެއަށް ބޯކޮށް ވާރޭވެހި ކަނޑުތައް ގަދައެވެ. އެހެންވެ، ކަނޑުދަތުރު ކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.