ކ. މާލެ
|
16 މެއި 2022 | ހޯމަ 14:36
އެފްއޭ ކަޕްގެ މެޗެއްގެ ތެރެއިން
އެފްއޭ ކަޕްގެ މެޗެއްގެ ތެރެއިން
ފޭސްބުކް
އެފްއޭ ކަޕް
އެފްއޭ ކަޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
އެންމެ ފަހުން އެފްއޭ ކަޕް ބާއްވާފައިވަނީ 2020 ވަނަ އަހަރު
ބައިވެރިވުމުގެ ސުން ގަޑިއަކީ މެއި 24

އެފްއޭ ކަޕްގައި ބައިވެރިވުމުގެ ފުރުސަތު ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހުޅުވާލައިފިއެވެ.

އެފްއޭއެމުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިއަހަރުގެ އެފްއޭ ކަޕްގައި ބައިވެރިވުމުގެ ފުރުސަތު އެ އެސޯސިއޭޝަންގެ މެމްބަރު ކުލަބުތަކާއި ޖަމިއްޔާ ޖަމާއަތްތަކަށް ހުޅުވާލާކަމުގައެވެ. އެގޮތުން މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކުން 2022 މެއި 24 ވަނަ ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު ފުރިހަަމަ ކުރުމަށްފަހު އެ އެސޯސިއޭޝަނަށް މެއިލް ކުރުމަށް ވަނީ އެދިފައެވެ. އެފްއޭ ކަޕް ފެށުމަށް ހަމަޖެހިފައިވަނީ ޖޫން 01 ވަނަ ދުވަހުއެވެ.

މުބާރާތުގެ ގަވާއިދާއި، ބައިވެރިވުމަށް އެދޭ ފޯމު އިއުލާނުގައިވާ ލިންކުން ލިބޭނެކަމަށް އެފްއޭއެމުން ވަނީ ބުނެފައެވެ. އަދި މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ ތަފްސީލް ލިބުމުން އިތުރު މައުލޫމާތު ހިއްސާކުރާނެ ކަމަށް ވެސް އެފްއޭއެމުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އެފްއޭ ކަޕް ބާއްވާފައިވަނީ 2020 ވަނަ އަހަރުއެވެ. އެ އަހަރުގެ މުބާރާތް ކުޅެފައިވަނީ ކުއާޓާ ފައިނަލާ ހަމައަށެވެ. ކޯވިޑް-19 ގެ ހާލަތާ ގުޅިގެން އެ އަހަރުގެ ފުޓުބޯޅަ ސީޒަން ކެންސަލް ކުރުމަށް އެފްއޭއެމުން ނިންމީ މާޗު މަހުގެ ކުރީކޮޅުއެވެ. އެއާއެކު އެފްއޭ ކަޕްވެސް ވަނީ ކެންސަލްވެފައެވެ.

އޭގެ ފަހުން ކޮވިޑުގެ ޙާލަތު ރަނގަޅުވެ ކުޅިވަރު މުބާރާތްތައް ބޭއްވޭނެ މާހައުލެއް ގާއިމުވުމުން އެފްއޭއެމުން ވަނީ ދިވެހި ޕްރިމިއާ ލީގު ވެސް ފަށާފައެެވެ. ޕްރިމިއާ ލީގު ފަށައިގެން މިހާރު އޮތީ ބްރޭކްގައެވެ. ބްރޭކަށްފަހު ދެން ލީގުގެ މެޗުަތައް ފަށާނީ ޖޫން މަހުގެ 12 ވަނަ ދުވަހުއެވެ.

- ކޮމެންޓް