ކ. މާލެ
|
15 މެއި 2022 | އާދީއްތަ 19:46
ޓީމް ފެނަކަ
ޓީމް ފެނަކަ
ރާއްޖެއެމްވީ
ފެނަކަ އިންޓަރ އޮފީސް ފުޓްސަލް ކަޕް
ފެނަކަ އިންޓަރ އޮފީސް ފުޓްސަލް ކަޕް: ދެ މެޗުވެސް ޓީމް ފެނަކަ ކާމިޔާބު ކޮށްފި
މިއަދު ކުޅުނު މެޗް ޓީމް ފެނަކައިން ކާމިޔާބުކުރީ 2-1ން

ނ. މާޅެންދޫގައި މިހާރު ކުރިއަށްދާ ފެނަަކަ މާޅެންދޫ އިންޓަރ އޮފީސް ފުޓްސަލް ކަޕް 2022ގައި ޓީމް ފެނަކަ ކުޅުނު ދެމެޗުވެސް ކާމިޔާބުކޮށްފިއެވެ.

ޓީމް ފެނަކަ ފުރަތަމަ ކުޅުނު މެޗު ކާމިޔާބުކުރީ ޓީމް ކައުންސިލާ ވާދަކޮށް 6-1ންނެވެ. މުބާރާތުގައި މިއަދު ބައްދަލުކުރީ މާޅެންދޫ ސްކޫލް ޓީމާއި ޓީމް ފެނަކައެވެ. މިމެޗް ޓީމް ފެނަކައިން ކާމިޔާބުކުރީ 2-1ންނެވެ. ޓީމް ފެނަކައިގެ ލަނޑުތައް ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާ ހަސަން އަބްދުއްރަހީމުގެ އިތުރުން މޫސާ އަހްމަދެވެ. ސްކޫލް ޓީމުގެ ހަމައެކަނި ލަނޑު ޖަހައިދިނީ މޫސާ މުހައްމަދެވެ.

މުބާރާތުގައި ހޯމަ ދުވަހު ބައްދަލުކުރާނީ ޓީމް ކައުންސިލާއި މާޅެންދޫ ސްކޫލް ޓީމެވެ. ޓީމް ކައުންސިލް މާދަމާގެ މެޗަށް ނުކުންނަ އިރު އެއްވެސް މެޗަކުން އަދި މޮޅުވެފައެއްނުވެއެވެ. ކައުންސިލް ފުރަތަމަ މެޗުގައި ފެނަކަ އަތުން ބަލިވެފައި ވާއިރު، ދެވަނަ މެޗުގައި ހެލްތުސެންޓަރ އެފްޓީއާ ވާދަކޮށް އެއްވަރުވީ 2-2ންނެވެ. ސްކޫލް ޓީމު ކުޅުނު ފުރަތަމަ މެޗުގައި ހެލްތުސެންޓަރ އެފްޓީއާ ވާދަކޮށް 3-1ން ވަނީ ކާމިޔާބު ކޮށްފައެވެ.  

- ކޮމެންޓް