Advertisement
ކ. މާލެ
|
14 މެއި 2022 | ހޮނިހިރު 22:38
-
-
-
ފައްޔާޒު ކުރި ހޯއްދެވުން
ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުން ފައްޔާޒު ބޮޑުތަނުން ކުރީގަ، ކެމްޕެއިން ޓީމުން މަރުހަބާ ކިޔައިފި
ފުވައްމުލައް ސިޓީ ފިޔަވައި ހުރިހާ އަތޮޅަކުން ވެސް ފައްޔާޒަށް ވަނީ 50 އިންސައްތައިން މަތިން ވޯޓު ލިބިވަޑައިގެންފަ
229 ވޯޓު ފޮށީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ފައްޔާޒަށް 23735 ވޯޓު ލިބިވަޑައިގެންނެވި
އިމްތިޔާޒަށް ލިބިވަޑައިގެންފައިވަނީ 17691 ވޯޓް

އެމްޑީޕީގެ ޗެއާޕާސަން ކަމަށް މެމްބަރަކު ހޮވުމަށް ހޮނިހިރު ދުވަހު ބޭއްވި ޕާޓީގެ އެތެރޭގެ އިންތިޚާބްގައި، މިހާތަނަށް ގުނާފައިވާ ވޯޓުފޮށިތަކުގެ ނަތީޖާ ދައްކާ ގޮތުން ކެންޑިޑޭޓް ނަމަބަރު 2 ފައްޔާޒު އިސްމާއިލް ބޮޑު ތަފާތަކުން މަގާމު ކަށަވަރުކުރައްވައިފިއެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު 9 ޖެހި އިރު ފެށި އިންތިހާބުގެ ވޯޓުލުން ހަވީރު 6 ޖެހި އިރު ނިންމާ، ބަންދުކުރި 282 ވޯޓު ފޮށީގެ ތެރެއިން 229 ވޯޓު ފޮއްޓެއް ގުނާ ނިމިފައިވާ އިރު، ކުރި ހޯއްދަވާފައިވަނީ ކެންޑިޑޭޓް ނަންބަރު 2 އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލްއެވެ. ފައްޔާޒު 222 ފޮށިން 61 އިންސައްތަ ވޯޓު ކާމިޔާބު ކުރައްވާފައިވާ އިރު، ދެން ވާދަ ކުރެއްވި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއަށް ލިބިވަޑައިގެންފައިވަނީ 222 ވޯޓު ފޮށިން 39 އިންސައްތަ ވޯޓެވެ.

Advertisement

ބާކީ 51 ވޯޓު ފޮއްޓެއްގެ ނަތީޖާ އަދި ނުލިބެއެވެ. 229 ވޯޓު ފޮށީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ފައްޔާޒްއަށް 23735 ވޯޓު ލިބިވަޑައިގެންފައިވެއެވެ. އެއީ 57 އިންސައްތައެވެ. އިމްތިޔާޒަށް ލިބިވަޑައިގެންފައިވަނީ 17691 ވޯޓެވެ. އެއީ 43 އިންސައްތައެވެ.

ފައްޔާޒުގެ ކެމްޕެއިން ޓީމުން ވަނި ކާމިޔާބުވެއްޖެކަމަށް ވިދާޅުވެފައެވެ. ފައްޔާޒުގެ ކެމްޕެއިން މެނޭޖަރ އިބްރާހިމް ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ ހިންގާލަން ކެމްޕެއިންގައި ބައިވެރިވެ އަދި އެހީތެރިވެދެއްވި ހުރިހާ ބޭފުޅުންނާއި، ވޯޓު ދެއްވި ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި ފައްޔާޒަށް މަރުހަބާ ވިދާޅުވެފައިވެއެވެ.

ވަކި ވަކި އަތޮޅުތަކަށް ބަލާއިރު ފުވައްމުލައް ސިޓީ ފިޔަވައި ހުރިހާ އަތޮޅަކުން ވެސް ފައްޔާޒަށް ވަނީ 50 އިންސައްތައިން މަތިން ވޯޓު ލިބިވަޑައިގެންފައެވެ.

Advertisement

Advertisement
- ކޮމެންޓް