ކ. މާލެ
|
14 މެއި 2022 | ހޮނިހިރު 20:35
މުބާރާތުގައި ކައުންސިލާއި ހެލްތު ސެންޓަރ ބައްދަލުކުރި މެޗުގެ ތެރެއިން
މުބާރާތުގައި ކައުންސިލާއި ހެލްތު ސެންޓަރ ބައްދަލުކުރި މެޗުގެ ތެރެއިން
ރާއްޖެއެމްވީ
ފެނަކަ އިންޓަރ އޮފީސް ފުޓްސަލް ކަޕް
މާޅެންދޫ ކައުންސިލާއި ހެލްތު ސެންޓަރ ބައްދަލުކުރި މެޗު އެއްވަރު
މިއަދު ހަވީރު ކުޅުނު މި މެޗު ނިމުނީ 2-2ން

މާޅެންދޫގައި ކުރިއަށްދާ ފެނަކަ އިންޓަރ އޮފީސް ފުޓްސަލް ކަޕް 2022ގައި, ކައުންސިލާ ހެލްތު ސެންޓަރުގެ ޓީމު ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

މިއަދު ހަވީރު ކުޅުނު މި މެޗު ނިމުނީ 2-2ންނެވެ. މެޗުގައި ކައުންސިލް ޓީމުގެ ލަނޑުތައް ޖަހައިދިނީ މުހައްމަދު މުމްތާޒާއި އިސްމާއިލް ނަސީމެވެ. ހެލްތު ސެންޓަރުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާ ހުސައިން ސާޖިދުއާއި މުހައްމަދު ސަނީލެވެ. މުބާރާތުގައި މި ދެޓީމުވެސް ކުޅުނު ފުރަތަމަ މެޗުން ވަނީ ބަލިވެފައެވެ.

މުބާރާތުގައި މާދަމާ ބައްދަލުކުރާނީ މާޅެންދޫ ސްކޫލާއި ފެނަކަ ޓީމެވެ. މި ދެޓީމުވެސް ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފައެވެ.

- ކޮމެންޓް