Advertisement
ކ. މާލެ
|
14 މެއި 2022 | ހޮނިހިރު 07:36
އެމްޑީޕީ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ކުރިޔަށްދަނީ
އެމްޑީޕީ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ކުރިޔަށްދަނީ
ރާއްޖެއެމްވީ
އެމްޑީޕީގެ އެތެރޭގެ އިންތިޚާބު
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ޝަކުވާ ހުށަހެޅޭނީ ހޮނިހިރު އަދި އާދިއްތަ ދުވަހު
ޝަކުވާ ހުށަހެޅުމަށް ކަނޑައެޅިފައިވާ ފޯމު ފުރިހަމަ ކުރުމަށްފަހު އީމެއިލް ކުރެވޭނެ ނުވަތަ ހާޑުކޮޕީ ހުށަހެޅޭނެ
އިންތިޚާބު ކުރިޔަށްދާނީ ހޮނިހިރު ދުވަހުގެ ހެނދުނު 9ން ހަވީރު 4ށް
7250021، 7250031 އަދި 7250040ށް އެސްއެމްއެސް ކޮށްގެން ނުވަތަ ފޯނުން ގުޅައިގެން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އޮންނާނެ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއަރޕާސަން، އަންހެނުންގެ ރޫހު އަދި ޒުވާނުންގެ ހިތްވަރުގެ އިންތިޚާބުގެ ޝަކުވާ ބަލައިގަންނާނީ 14 މެއި ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ން ފެށިގެން 15 މެއި ވާ އާދިއްތަ ދުވަހުގެ ހަވީރު 4:00އާ ހަމައަށްކަމަށް އެޕާޓީން ބުނެފިއެވެ.

އެމްޑީޕީއިން ބުނީ ޝަކުވާ ހުށައެޅުއްވުމަށް ހަމަޖެހިފައިވަނީ، ޝަކުވާ ހުށަހެޅުމަށް ކަނޑައެޅިފައިވާ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކޮށްގެން ނުވަތަ އެމްޑީޕީ ސެކްރެޓޭރިއެޓުގެ ފުރަތަމަ ފަންގިފިލާއަށް ޝަކުވާ ފޯމުގެ ހާޑްކޮޕީ ހުށަހަޅައިގެންނެވެ. މީގެ އިތުރުން 7250021، 7250031 އަދި 7250040ށް އެސްއެމްއެސް ކޮށްގެން ނުވަތަ ފޯނުން ގުޅައިގެން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އޮންނާނެ ކަމަށް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީގެ ޗެއަރޕާސަން، އަންހެނުންގެ ރޫހު އަދި ޒުވާނުންގެ ހިތްވަރުގެ އިންތިޚާބުގެ ވޯޓުލުން ހޮނިހިރު ދުވަހުގެ ހެނދުނު 9ން ހަވީރު 4ށް ކުރިޔަށްދާނެއެވެ.

Advertisement

އެމްޑީޕީން ހާމަކޮށްފައިވާ ގޮތުގައި އިންތިޚާބުގައި ވޯޓުލުމަށް 194 ރަށެއްގައި ވޯޓު ފޮށި ބަހައްޓާނެއެވެ. މާލޭގައި 87 ވޯޓު ފޮއްޓެއް ބަހައްޓާނެއެވެ. އެއީ މާލޭގެ 15 ދާއިރާއެއްގެ ވޯޓު ފޮށީގެ އިތުރުން ކޮންމެ ދާއިރާއަކަށް ފޮއްޓެވެ. މިއިންތިޚާބުގައި ޗެއަރޕާސަން ހޮވުމަށް 94،211 މީހުންނަށް ވޯޓުލެވޭކަމަށް އެމްޑީޕީން ބުނެއެވެ. އަދި އަންހެނުންގެ ރޫހުގެ ރައީސަކު އިންތިޚާބުކުރުމަށް 41،027 މެމްބަރުންނަށް ވޯޓުލެވޭއިރު ޒުވާނުންގެ ހިތްވަރަށް މީހަކު އިންތިޚާބުކުރުމަށް 32،057 މެމްބަރުންނަށް ވޯޓުލެވެއެވެ.

އެމްޑީޕީން ވަނީ ވޯޓުލާ މަރުކަޒުގައި ވޯޓުލުން ކުރިޔަށްދާނެ ގޮތް އާންމުކޮށްފައެވެ. އެއުސޫލަށް ބަލާލާއިރު ވޯޓުލާ ނިމުމުން ވޯޓުފޮށި ބަންދުކުރާތާ 15 މިނެޓް ފަހުން ވޯޓު ފޮށި ގުނަން ފަށަންވާނެއެވެ. މީގެއިތުރުން ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށްފަހު ވޯޓު ކަރުދާހުގެ ފޮޓޯ ނަގައިގެން ނުވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

ވޯޓުނަގާ ދުވަހު ކުރުން މަނާ ކަންތައްތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ ކެމްޕެއިންގެ ގޮތުގައި ބެލެވޭ އެއްވެސް ހަރަކާތެއް ނުހިންގުމާއި ވޯޓުލާން އަންނަ އެއްވެސް މީހަކު ވޯޓުލުމަށްފަހު ވޯޓުލާ މަރުކަޒުގައި މަޑުކުރުމާއި ކެންޑިޑޭޓަކު ވޯޓުލާ މަރުކަޒަށް ވޯޓުލާން ވަންނަވަނުން ފިޔަވައި މަރުކަޒަށް ވަނުމާއި މަރުކަޒުގައި މަޑުކުރުމެވެ. މީގެއިތުރުން ވޯޓުލުމަށްފަހު ވޯޓުކަރުދާސްކޮޅުގައި ޖަހާފައިވާ ފާހަގަ އެހެން މީހުންނަށް ދެއްކުމާއި ވޯޓުކަރުދާސްކޮޅު ހިފައިގެން އެސަރަހައްދުން ބޭރަށް ދިއުންވެސް ވަނީ މަނާ ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް