ކ. މާލެ
|
12 މެއި 2022 | ބުރާސްފަތި 19:32
ފެނަކަ އިންޓަރ އޮފީސް ފުޓްސަލް ކަޕް 2022
ފެނަކަ އިންޓަރ އޮފީސް ފުޓްސަލް ކަޕް 2022
ރާއްޖެއެމްވީ
ފެނަކަ އިންޓަރ އޮފީސް ފުޓްސަލް ކަޕް
ފެނަކަ އިންޓަރ އޮފީސް ފުޓްސަލް ކަޕް: ފުރަތަމަ މެޗު ފެނަކައަށް
ފެނަކައިން މެޗު ކާމިޔާބުކުރީ 6-1ން ޓީމް ކައުންސިލް ބަލިކޮށްގެން

ނ. މާޅެންދޫގައި މިހާރު ކުރިއަށްދާ ފެނަކަ އިންޓަރ އޮފީސް ފުޓްސަލް ކަޕް 2022ގެ ފުރަތަމަ މެޗު ފެނަކައިން ކާމިޔާބުކޮށްފިއެވެ،

މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ޓީމް ފެނަކައާއި ޓީމް ކައުންސިލްއެވެ. މި މެޗު 6-1ން ކާމިޔާބުކުރީ ފެނަކަ ޓީމެވެ. މެޗުގެ މޮޅުކުޅުންތެރިއަކީ ޓީމް ފެނަކައިގެ މޫސާ އަހުމަދެވެ.

ހަތަރު ޓީމު ބައިވެރިވާ މި މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ލިބޭނީ ލީގުބުރެއް ކުޅެ ނިމޭއިރު އެއްވަނަ ހޯދާ ޓީމަކަށެވެ. ދެވަނަ ޖާގަ ލިބޭނީ ދެވަނަ ޓީމާއި ތިންވަނަ ޓީމް ކުޅޭ ޕްލޭއޮފްއިން މޮޅުވާ ޓީމަކަށެވެ. މުބާރާތުގައި ވާދަކުރާނީ މާޅެންދޫ ހެލްތު ސެންޓަރ އެފް.ޓީ، މާޅެންދޫ ސްކޫލް، ޓީމް ކައުންސިލް އަދި ޓީމް ފެނަކައެވެ.

މުބާރާތް ފައްޓަވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާއެވެ. މާޅެންދޫ ފުޓްސަލް ދަނޑު މިވަގުތު ވަރަށް ބޮޑު މަރާމާތަކަށް ބޭނުންވެފައިވާކަން ފާހަގަކުރައްވައި އެމަސައްކަތް އަވަސްކުރުމަށް މަސައްކަތް ކުރައްވާނެކަމަށް މެމްބަރު އީސާ ވިދާޅުވިއެވެ.

މުބާރާތުގެ ދެވަނަ މެޗް ކުޅޭނީ ހުކުރު ދުވަހުއެވެ.

- ކޮމެންޓް
12 މެއި 2022 | ބުރާސްފަތި 20:20
އަކޫ އަންމަޑޭ
ޔާސިރު ވަރަށް ފުރިހަމަ ލިއުން ކޮޅެއް.. ކީޕް އިޓް އަޕް