ކ. މާލެ
|
12 މެއި 2022 | ބުރާސްފަތި 00:56
މެޗުގައި ފުރަތަމަ ލަނޑު ޖެހީ އަލީ ހައިސަމް
މެޗުގައި ފުރަތަމަ ލަނޑު ޖެހީ އަލީ ހައިސަމް
ދިވެހި ޕްރިމިއަރ ލީގު
އީގަލްސް ހުއްޓުވާ، ޔުނައިޓެޑް ވިކްޓްރީ ހަތަރަކަށް!
ޔޫވީ ހަތަރުވަނާގައި އޮތީ ފައިދާ ގޯލުގެ ތަފާތުން

ލީގުގައި މާޒިޔާއަށްފަހު އެންމެ ރަނގަޅު ފޯމެއްގައި އޮތް އީގަލްސް ބަލިކޮށް, ޔުނައިޓެޑް ވިކްޓްރީ ތާވަލްގެ ހަތަރުވަނައަށް ޖެހިލައިފިއެވެ. ދިވެހި ޕްރިމިއަރ ލީގުގައި ބުދަދުވަހުގެރޭ ކުޅުނު މެޗު ޔުނައިޓެޑް ވިކްޓްރީން ކާމިޔާބުކުރީ 2-0 ނެވެ.

ސަސްޕެންޝަނާ އަނިޔާގެ ސަބަބުން މުހިއްމު ބައެއް ކުޅުންތެރިން ނުލާ ނިކުތް އީގަލްސް ކޮޅަށް ޔޫވީން ފުރަތަމަ ލަނޑު ޖެހީ ދެވަނަ ހާފްގައި އަލީ ހައިސަމްއެވެ. އޭނާ އީގަލްސްގެ ގޯލް ހުޅުވާލީ 58 ވަނަ މިނިޓްގައެވެ. އޭގެފަހުން އީގަލްސްއިން ތަނަވަސްކުރި ފުރުޞަތުތަކުގެ ބޭނުމެއް ނުހިފުނެވެ. ޔޫވީން ދެވަނަ ލަނޑެއްޖެހީ މެޗުގެ އެންމެ ފަހު މިނިޓްގައެވެ. އިވާން އިވާން ވެރާސްއަށް ގޯލް އޭރިޔާ ތެރެއިން ލިބުނު ބޯޅަ ފަސޭހަކަމާއެކު އޭނާ ވަނީ ގޯލަށް ފޮނުވާލާފައެވެ.

މިމޮޅާއެކު ޔުނައިޓެޑް ވިކްޓްރީ ވަނީ 12 މެޗުން 17 ޕޮއިންޓް ހަމަކޮށް ހަތަރު ވަނަ ހޯދާފައެވެ. ތިންވަނައިގައި އޮތް ޓީސީއަށްވެސް ލިބިފައިވަނީ 17 ޕޮއިންޓެވެ. އެކަމަކު ޔޫވީއަށްވުރެ ފައިދާ ގޯލް ގިނަވުމުން ތިންވަނަ ލިބެނީއެވެ. އެއްވަނައިގައި އޮތީ 33 ޕޮއިންޓާއެކު މާޒިޔާއެވެ. އީގަލްސް ދެވަނައިގައި އޮތީ 28 ޕޮއިންޓާއެކުއެވެ. މާޒިޔާއާ ކައިރިކޮށްލަން ލިބުނު ފުރުޞަތު ޔޫވީ އަތުން ބަލިވުމުން ގެއްލުނީއެވެ.

ލީގުގެ ކުޅުޖް ދެން އޮންނާނީ ޖޫން މަހުގެ 21 ވަނަ ދުވަހުއެވެ. އޭގެކުރިން މާޒިޔާ ވާދަކުރާނީ އޭއެފްސީކަޕް ގްރޫޕް ސްޓޭޖްގައެވެ.

- ކޮމެންޓް