ކ. މާލެ
|
11 މެއި 2022 | ބުދަ 11:48
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދަމުންގެންދާ ވިނަރެސް އެޕާރޓްމެންޓްތައް
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދަމުންގެންދާ ވިނަރެސް އެޕާރޓްމެންޓްތައް
އެޑިޝަން.އެމްވީ
ހުޅުމާލޭގައި އެޕާޓްމަންޓް ހަދަނީ
ހުޅުމާލޭގެ އިތުރު ހަތް ބިމެއްގައި އެޕާޓްމަންޓް ހަދަނީ
މި އިމާރާތްތަކުގައި ހުންނާނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމަންޓުތައް
މިއީ މިކްސްޑް ރެޒިޑެންޝަލް އެޕާޓްމަންޓްތަކެއް

ހުޅުމާލޭގެ އިތުރު 7 ބިމެއްގައި އެޕާޓްމަންޓް ބިލްޑިން ހަދަން ނިންމައި ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެކަން އިއުލާންކޮށްފިއެވެ.

އެޗްޑީސީ އިން ވަނީ މި އެޕްޓާމަންޓްތައް ހަދައިދޭނެ ބަޔަކު ހޯދަން މިހާރު އިއުލާންކޮށްފައެވެ. އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންނަ ޖޫން މަހުގެ 6ވަނަ ދުވަހުން ފެށިގެން 23ވަނަ ދުވަހާ ހަމައަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެއެވެ.

އެޗްޑީސީ އިން އެޕާޓްމަންޓްތައް ހަދަން ހަތް ބިން ވެސް ދޫކުރަން ނިންމާފައިވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހިންނެވެ. އެ ހަތް ބިމުގައި އިމާރާތްތައް އަޅަން ގާތްގަޑަކަށް 1.3 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެޗްޑީސީ އިން ވަނީ ލަފާކޮށްފައެވެ.

ޑެވެލޮޕަރުންނާއި ހަވާލުކޮށްގެން އަޅާ މި އިމާރާތްތަކަކީ މިކްސްޑް ރެޒިޑެންޝަލް އިމާރާތްތަކެވެ. އެފަދަ އިމާރާތްތަކުގެ އެޕާޓްމަންޓުތަކުގެ ވަކި އިންސައްތައެއް ވިއްކޭނީ އެ ޕްރޮޖެކްޓް ހަވާލު ކުރާ ބަޔަކު ކަނޑައަޅާ އަގެއްގެ ތެރޭގައެވެ.

އެޗްޑީސީ އިން އިއުލާނުކޮށްފައިވާ ގޮތުގައި ކޮންމެ އިމާރާތެއްގައި ވެސް ހަދާނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. އޭގެ ތެރެއިން 60 އިންސައްތަ ވިއްކޭނީ ކޮންޓްރޯލް އަގުގައެވެ. އެގޮތުން، ދެ ކޮޓަރީގެ އެޕާޓްމަންޓުތައް ވިއްކޭނެ އެންމެ ބޮޑު އަގަކަށް 1.5 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު ތިން ކޮޓަރީގެ އެޕާޓްމަންޓްތައް ވިއްކޭނެ އެންމެ ބޮޑު އަގުގެ ގޮތުގައި ކަނޑައަޅާފައިވަނީ 2.3 މިލިއަން ރުފިޔާއެވެ.

އެޕާޓްމަންޓްތައް ހަދަން ފެށުމަށްފަހު 20 އިންސައްތަ މަސައްކަތް ނިންމައި އެޗްޑީސީން ޕްރީ ސޭލްގެ ހުއްދަ ނުދެނީސް ބުކިން ހައްދަން ފައިސާ ނަގައިގެން ނުވާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ އަންގާފައެވެ. ބުކިން ފީގެ ގޮތުގައި ނެގޭނީ ގިނަވެގެން 20 އިންސައްތައެވެ.

މި އިމާރާތްތަކުގައި އެންމެ ގިނަވެގެން ހެދޭނީ 14 ފްލޯ ކަމަށް ވެސް އެޗްޑީސީން ވަނީ ކަނޑައަޅައިފައެވެ. މީގެ ތެރޭގައި ކޮމާޝަލް ބޭނުންތަކަށް ދޫކުރާ ތަންތަނާއި ޕާކިން ވެސް ހިމެނެއެވެ.

- ކޮމެންޓް
11 މެއި 2022 | ބުދަ 11:54
ޏ
ހުޅުމާލެ ހިއްކި މަގުސަދާއި، ސޯޝަލް ހައުސިންގެ މަގްސަދު އެބަޖެހޭ ހަދާން ކޮށްލަން. އާބާދީގެ ކިތައް ޕަސެންޓް މީހުނަށްތޯ 2.3 މިލިޔަން ރުފިޔާގެ 20 ޕަސެންޓައްވާ 460000 (ހަތަރު ލައްކަ ފަސްދޮޅަސް ހާސް ރުފިޔާ) އެއްފަހަރާ ދެއްކޭނީ. އެވަރުގެ އަދަދުތައް ދެއްކޭނަމަ އާންމު ގިނަ ރައްޔިތުން ތިބޭނީ މިހާރުވެސް އެބާވަތުގެ އެޕާޓްމަންޓް ތަކުގައި. ދަރަނިވެރިވެ ނުވާ ވަރުން ކަންކަން ކުރަންޖެހޭ ގޮތް ހެދުމުގެ ބަދަލުގައި ސޯޝަލް ހައުސިންގ ސްކީމްގެ ތެރޭން ފައިސާ ދެއްކޭނެ ގޮތް ހަދަންފެނޭ. ގަނޑުކޮށް 20 ޕަސެންޓް ނުދެއްކޭނެ.