ކ. މާލެ
|
10 މެއި 2022 | އަންގާރަ 16:42
ގްރޭޑް 1ގެ ކުދިން ސުޕްރީމް ކޯޓަށް ޒިޔާރަތް ކުރުން
ގްރޭޑް 1ގެ ކުދިން ސުޕްރީމް ކޯޓަށް ޒިޔާރަތް ކުރުން
ޖޭއެސްސީ
ކުޑަކުދިންގެ ދުވަސް
ސްކޫލް ބައެއް ދަރިވަރުން ސުޕްރީމް ކޯޓަށް
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ތުރުކުރައްވާ ޚާއްސަ ކޯޓުވެސް ދަރިވަރުންނަށް ވަނީ ދައްކާލާފައި
މަގުސަދަކީ، ސްކޫލްތަކުގެ ދަރިވަރުންނަށް މި ދާއިރާއަކީ ރައްޓެހި ދާއިރާއަކަށް ހެދުން
ގްރޭޑް 1ގެ ކުދިން ވަނީ ސުޕްރީމް ކޯޓަށް ޒިޔާރަތްކޮށްފައި

ސްކޫލް ދަރިވަރުން ޝަރުއީ ދާއިރާއަށް ޝައުގުވެރިކަން އިތުރު ކުރުމަށްޓަކައި، ތުއްތު ދަރިވަރުންނަށް ޚާއްސަ ހަރަކާތެއް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކުރިއަށް ގެންގޮސްފިއެވެ.

ޖޭއެސްސީން ސުޕްރީމް ކޯޓާ ގުޅިގެން އަންގާރަ ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އަހުމަދިއްޔާ ސްކޫލްގެ ދަރިވަރުންތަކެއް ވަނީ، ދެ ސެޝަނަކަށް ބަހާލައިގެން ކޯޓު ތެރެއަަށް ގެންގޮސް، ކޯޓުގެ ތަންތަން އެ ދަަރިވަރުންނަށް ދައްކާލާފައެވެ. އެގޮތުން ހެނދުނު ދިޔަ ބެޗުގައި 30 ކުދިން ހިމެނޭއިރު، އޭގެ ފަހުންވަނީ 60 ކުދިން ގޮސްފައެވެ.

ޖޭއެސްސީން މައުލޫމާތު ދޭގޮތުގައި، ސުޕްރީމް ކޯޓަށް ގޮސްފައިވަނީ އަހުމަދިއްޔާ ސްކޫލްގެ ގްރޭޑް 1ގެ ދަރިވަރުންނެވެ.

ގްރޭޑް 1ގެ ކުދިން ސުޕްރީމް ކޯޓަށް ޒިޔާރަތްކުރުން - ޖޭއެސްސީ

މި ދަރިވަރުންނަށް ކޯޓާބެހޭ މައުލޫމާތު ދެއްވުމުގައި ސުޕްރީމް ކޯޓުގެ އުއްތަމަފަނޑިޔާރު ޑރ. މުއުތަސިމް އަދުނާނުގެ އިތުރުންވެސް އިތުރު ފަނޑިޔާރުން ހަރަކާތްތެރިވިއެވެ. އެގޮތުން ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމާއި، ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރު ވަނީ ދަރިވަރުންނާއެކު ވަގުތު ހޭދަކުރައްވާފައެވެ.

މި ހަރަކާތުގައި ބައިވެރިވި ދަރިވަރުންނާއެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ސެލްފީ ނެންގެވި ފޮޓޯއަށްވެސް ގިނަ ބައެއްގެ ސަމާލުކަން ދަނީ ލިބެމުންނެވެ.

ފަނޑިޔާރުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ތުރުކުރައްވާ ޚާއްސަ ކޯޓުވެސް ދަރިވަރުންނަށް ދައްކާލާފައެވެ. ބައެއް ދަރިވަރުން އެ ކޯޓު ލާފައިވެސް ވެއެވެ.

ގްރޭޑް 1ގެ ކުދިން ސުޕްރީމް ކޯޓަށް ޒިޔާރަތްކުރުން - ޖޭއެސްސީ

ޖޭއެސްސީން މައުލޫމާތު ދޭ ގޮތުގައި މިފަދަ ހަރަކާތެއް ކުރިއަށް ގެންދިއުމުގެ މަގުސަދަކީ ސްކޫލްތަކުގެ ދަރިވަރުންނަށް މި ދާއިރާއަކީ ރައްޓެހި ދާއިރާއަކަށް ހެދުމާއި، ދަރިވަރުންވެސް ކޯޓުތަކަށް އަހުލުވެރިކުރުވުމަށެވެ.

- ކޮމެންޓް