ކ. މާލެ
|
10 މެއި 2022 | އަންގާރަ 16:18
މަގުމަތީގައި އުޅެމުންދާ ބުޅާތައް ބަލަހައްޓައި ގެންގުޅުމަށް ޚާއްސަ ފެސިލިޓީއެއް ގާއިމުކުރުމަށް އެކި ފަރާތްތަކުން ދަނީ ގޮވާލަމުން
މަގުމަތީގައި އުޅެމުންދާ ބުޅާތައް ބަލަހައްޓައި ގެންގުޅުމަށް ޚާއްސަ ފެސިލިޓީއެއް ގާއިމުކުރުމަށް އެކި ފަރާތްތަކުން ދަނީ ގޮވާލަމުން
ރާއްޖެއެމްވީ
ބުޅާތައް ބަލަހައްޓާ ޝެލްޓަރ
ބުޅާތައް ގެންގުޅުމަށް "ކެޓް ޝެލްޓަރ" ހެދުމުގެ މަސައްކަތް އޮތީ ކިހާ ހިސާބެއްގައި؟
 
ބުޅާތައް ބަލަހައްޓައި ގެންގުޅުމަށް ޚާއްސަ ފެސިލިޓީއެއް ގާއިމުކުރުމަށް އެކި ފަރާތްތަކުން ދަނީ ގޮވާލަމުން
 
މަގުމަތީގައި އުޅެމުންދާ ބުޅާތަކަށް އާންމުކޮށް ކާންއަޅައިދޭ ފަރާތްތަކެއްވެސް އުޅޭ
 
މަގުމަތީގައި އުޅެމުންދާ ބުޅާތައް އަމިއްލަ ފަރާތްތަކުން ދަނީ ގޭގޭގައިވެސް ގެންގުޅެމުން

މަގުމަތީގައި އުޅެމުންދާ ބުޅާތައް ބަލަހައްޓައި ގެންގުޅުމަށް ޚާއްސަ ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަން މާލޭ ސިޓީ ކައުންސިލުން ވަނީ ހާމަކޮށްފައެވެ. މިއީ ގިނަ ބަޔަކު ބޭނުންވެފައިވާ ކަމެކެވެ. ވަކިން ޚާއްސަކޮށް، ބުޅާ ދެކެ ލޯބިވާ މީހުންނާއި، އެކި ސަބަބުތަކާހުރެ ބުޅާދެކެ ރުޅިއަންނަ މީހުންވެސް މިކަމަކީ ބޭނުންތެރި ކަމެއްކަން ފާހަގަކުރެއެވެ.

މާލޭ ސިޓީ ކައުންސިލުން ހުޅުވާލާފައިވާ ފުރުސަތަށް ބަލާއިރު، ކެޓް ޝެލްޓަރ ހެދުމަށް ހުޅުވާލާފައިވަނީ މާލޭ ސިޓީ ކައުންސިލުން ހަމަޖައްސާ ތަނެއްގައި އެ ފެސިލިޓީ ގާއިމުކުރުމަށެވެ. އެގޮތުން މާލެސިޓީގެ މަގުތަކާއި އާންމު ތަންތަނުގައި އުޅޭ ބުޅާތައް ގެންގުޅެ ބަލަހައްޓާނެ ފެސިލިޓީއެއް އަމިއްލަ ތަކެތީގައި ހަދައި، އެތަން ހިންގައި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކައުންސިލުން އިއުލާނު ކުރިއެވެ.

މަގުމަތީގައި އުޅެމުންދާ ބުޅާތައް އަމިއްލަ ފަރާތްތަކުން ދަނީ ގޭގޭގައިވެސް ގެންގުޅެމުން - ރާއްޖެއެމްވީ

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން މާލޭ ސިޓީ ކައުންސިލުގެ މީޑިއާ އޮފިޝަލު މަރިޔަމް ޝިއުނާ ވިދާޅުވީ، އެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނާ ގުޅިގެން، ބިޑް ހުށައެޅި ފަރާތްތަކުގެ ބިޑް އިވެލުއޭޝަން މަރުހަލާ މިހާރު ކުރިއަށްދާކަމަށެވެ.

ޝިއުނާ ވިދާޅުވާ ގޮތުގައި، އެ މަސައްކަތާ ގުޅޭގޮތުން ސިޓީ ކައުންސިލުން ކުރަންޖެހޭ މަޝްވަރާތައް މިހާރު ކުރިއަށްދެއެވެ. އެގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތަކާއި ބިޑް ހަވާލުކޮށްގެން ކުރިއަށް ގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ކެޓް ޝެލްޓަރ ގާއިމުކޮށްދޭނެ ފަރާތެއް ހޯދުމަށް ސިޓީ ކައުންސިލުގެ މިދިޔަ ދައުުރުގައި އާންމުންގެ ޚިޔާލަށްވެސް ހުޅުވާލިއެވެ. އެހެންނަމަވެސް، އެ މަސައްކަތަށް އޭރު މާ ބޮޑު ތަރުހީބެއް ލިބިފައެއްނުވެއެވެ. އޭރު އެކަމަށް ޚިޔާލު ހުށައެޅި ބައެއް ފަރާތްތަކުން ވަނީ، މާލޭގައި ނުވަތަ ހުޅުމާލޭގައިވެސް އެކަށީގެންވާ ކެޓް ޝެލްޓަރއެއް ގާއިމުކުރުމުގެ މުހިއްމުކަން ފާހަގަކޮށްފައެވެ.

އޭގެ އިތުރުން، މާލޭގެ މަގުތަކުގައި އުޅޭ ބުޅާތަކުގެ ކަންތައް ހައްލުކުރަން ރައްޔިތުން ބޭނުންވާ މިންވަރު، ހަމައެކަނި އާންމުންގެ ޚިޔާލުތަކަށް ބަލައިލުމުންވެސް އެނގޭކަމަށް ގިނަ ބަޔަކު ބުނެއެވެ.

މަގުމަތީގައި އުޅެމުންދާ ބުޅާތަކަށް އާންމުކޮށް ކާން އަޅާ ފަރާތްތަކެއްވެސް އުޅޭ - ރާއްޖެއެމްވީ

މިއީ އަވަސް ހައްލެއް އަންނަންޖެހޭ މައްސަލައެކެވެ. މަގުމަތީގައި ބުޅާ ގިނަވާ އެއް ސަބަބަކީ، ބުޅާ ގެންގުޅޭ ފަރާތްތަކުން އެކި ސަބަބުތަކާހުރެ، ބުޅާތައް މަގުމައްޗަށް ދޫކޮށްލުމެވެ. އެކަމުގެ ސަބަބުން މަގުމަތީގައި އުޅޭ ބުޅަލުގެ އަދަދު އިތުރުވެގެންދާއިރު، ގިނަ ފަހަރު މިގޮތަށް ބުޅާތައް ދޫކޮށްލަނީ އެސޮރުމެން ބޮޑެތިވުމުންނެވެ.

މާނައަކީ އަނެއްކާވެސް ބުޅަލުގެ އާބާދީ އިތުރުވާން މަގުފަހިވެގެން ދިއުމެވެ.

ކޮންމެ މީހަކުވެސް ބޭނުންވަނީ ކުދި، ފްލަފީ ބުޅާ. ބޮޑެތިވުމުން ދޫކޮށްލަނީ މަގުމައްޗަށް.
ބުޅާ ގެންގުޅޭ ފަރާތެއް

ބުޅާ ނުވިހާގޮތް ހެދުމަށް ނިއުޓަރ ކުރުމަކީވެސް ބައެއް ފަރާތްތަކުން ކޮށްއުޅޭ ކަމެކެވެ. އެހެންނަމަވެސް، އެކަމަކީވެސް ފަސޭހަ ކަމެއް ނޫނެވެ. މިހާރު އެ ޚިދުމަތް ފޯރުކޮށްދެނީ ހަމައެކަނި އެންމެ ކްލިނިކަކުންނެވެ.

ވުމާއެކު، އެތަނަށް ބާރު ބޮޑުވުމާއި، ކިއޫ ދިގުވުމުގެ މައްސަލަތައް ދިމާވެއެވެ.

އެތަނަކީ ޚިދުމަތް ރަނގަޅު ތަނެއް. އެންމެންވެސް ދާން ހުންނަނީ އެތަނަށްވީމަ އެތަނަށްވެސް ބާރު ބޮޑުވަނީ.
ބުޅާ ގެންގުޅޭ ފަރާތެއް
މަގުމަތީގައި އުޅެމުންދާ ބުޅާތައް ގޭގޭގައި އިންޑޯރ ކެޓް ގޮތުގައި ގެންގުޅޭ - ރާއްޖެއެމްވީ

ގިނަ މީހުން ބުނާ ގޮތުގައި ބުޅާ ނުވިހާ އޮޕަރޭޝަންކުރާ އަގުބޮޑުވުމަކީވެސް މީހުން އެކަން ނުކުރާ ސަބަބެކެވެ. އެގޮތުން މިހާރުގެ އަގުތަކަށް ބަލާއިރު، އަންހެން ބުޅަލުގެ މި އޮޕަރޭޝަނުގެ އަގު އުޅެނީ ދެހާހާ ތިންހާހާ ދޭތެރޭގައެވެ.

ފިރިހެން ބުޅަލެއް ނަމަ އަގުތައް އުޅެނީ ހާހަކާ ދެހާހާ ދެމެދުގެ އަގުތަކެއްގައެވެ.

މިހާރުވެސް އާންމުކޮށް ބުޅާތައް މަސްހުނިކޮށް ދިރިއުޅެމުންދާ ވަކި ސަރަހައްދުތަކެއް މާލޭގައިވެސް އެބަހުއްޓެވެ. އޭގެ ތެރޭގައި ސަލްމާން މިސްކިތް ހުންނަ ސަރަހައްދާއި، މެރީ ބްރައުން ސަރަހައްދު ހިމެނޭއިރު، އެ ނޫންވެސް އެކި ހިސާބުތަކުގައި ގިނަ އަދަދެއްގެ ބުޅާތައް ދިރިއުޅެއެވެ.

މަގުމަތީގައި އުޅެމުންދާ ބުޅާތައް ބަލަހައްޓައި ގެންގުޅުމަށް ޚާއްސަ ފެސިލިޓީއެއް ގާއިމުކުރުމަށް އެކި ފަރާތްތަކުން ދަނީ ގޮވާލަމުން - ރާއްޖެއެމްވީ

ބުޅަލަކީ 6 މަސް ތެރޭގައި ވިހަން ފަށާ އެއްޗެކެވެ. އެގޮތުން އެވްރެޖްކޮށް ކޮންމެ 3 މަހަކުން ވިހާއިރު، އެއީ ހައްތަހާވެސް ބުޅަލުގެ އާބާދީ ބޮޑުވާ ސަބަބުތަކެވެ. ވީއިރު، ވަގުތީ ހައްލެއްގެ ގޮތުންވެސް، ކެޓް ޝެލްޓަރއެއް ހަދައި، ބުޅާތައް ވަކިކޮށްލުން މުހިއްމެވެ.

އެފަދަ ކެޓް ޝެލްޓަރއެއް ގާއިމުކުރުމަކީ މިހާރު ގިނަ ބަޔަކު ދެކެން ބޭނުންވެފައިވާ ދުވަހެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް