މޫސުން ގޯސްވުމުގެ ސަބަބުން މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން އެ އެލާޓް ނެރެފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު 7:30 އިން ފެށިގެން މެންދުރު 12:30 އާ ހަމައަށެވެ. އެގޮތުން، ހއ. ފެށިގެން އައްޑޫއާ ހަމައަށް ހުރިހާ ރަށަކަށް ވައިޓް އެލާޓް ވަނީ ނެރެފައެވެ.
މެޓް އޮފީހުން ބުނި ގޮތުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށް ވެސް ވަނީ ލަފާ ކޮށްފައެވެ.
މީގެ އިތުރުން ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކޮށްފާނެ ކަމަށާއި އެކަމަށް ސަމާލުވުމަށް ވެސް މެޓް އޮފީހުން ވަނީ އެދިފައެވެ.
ރާއްޖެއަށް ހުޅަނގު މޫސުން ފަށާފައިވާއިރު ރާއްޖެއާ ކައިރިން ދެ ތޫފާނެއް ވެސް ވަނީ އުފެދިފައެވެ. އެ ދެ ތޫފާން ރާއްޖެއާ ދުރަށް ދާއިރު އޭގެ ސީދާ އަސަރެއް ރާއްޖެއަށް ނުކުރާނެއެވެ.