Advertisement
ކ. މާލެ
|
8 މެއި 2022 | އާދީއްތަ 14:36
ދެ ތޫފާން ދައްކުވައިދޭ ޗާޓެއް
ދެ ތޫފާން ދައްކުވައިދޭ ޗާޓެއް
މެޓް އޮފީސް
ބޭ އޮފް ބެންގާލްގައި ތޫފާން
ބޭ އޮފް ބެންގާލްގައި އުފެދުނު ދެ ކޮޅިގަނޑުވެސް ތޫފާނަށް ބަދަލުވެއްޖެ
ދެ ތޫފާނުގެ ސަބަބުންވެސް ރާއްޖެއަށް ސީދާ ގޮތުން އަސަރެއް ނުކުރާނެ
ނުސީދާ ގޮތުން އަސަރު ކުރުމުގެ ސަބަބުން ކަނޑުގަދަވެ ވައި ބާރުވާނެ ކަމަށް ވަނީ ލަފާކޮށްފައި

ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ދެ ކޮޅިގަނޑުވެސް އާދީއްތަ ދުވަހު ތޫފާނަށް ބަދަލުވެފައިވާ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

އެ އިދާރާއިން ބުނީ ބޭ އޮފް ބެންގާލްގެ މެދު ތެރޭގައި އުފެދުނު ދެ ކޮޅިގަނޑު ތޫފާނަށް ބަދަލުވިނަމަވެސް އޭގެ އަސަރު ސީދާ ރާއްޖެއަށް ނުކުރާނެ ކަމަށެވެ. ނަމަވެސް ނުސީދާ ގޮތުން އެ ތޫފާނުގެ އަސަރު ކުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އެ ދެ ތޫފާނުގެ ތެރެއިން އެއް ތޫފާނުގެ ނަމަކަށް "އަސަނި" ދީފައިވާއިރު ދެވަނަ ތޫފާނަށް ދީފައިވަނީ "ކަރިމް" އެވެ.

Advertisement

ތޫފާން އަސަނި މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް ދާނީ ހުޅަނގު އުތުރާއި ދިމާލަށް ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެއެވެ. އަދި އޭގެ ފަހުން އުތުރު އިރުމައްޗާ ދިމާލަށް ތޫފާން ދަތުރުކުރާނެ ކަމަށް ވަނީ ބުނެފައެވެ.

ތޫފާން ކަރިމް ވެސް ދަތުރު ކުރަނީރާއްޖެއާ ދުރަށެވެ. އެ ތޫފާން ދަތުރު ކުރާނީ އިންޑޮނޭޝިއާ އާއި އޮސްޓްރޭލިއާ ސަރަހައްދަށް ކަމަށް އެ އިދާރާއިން ބުނެއެވެ.

ތޫފާނުގެ އަސަރު ރާއްޖެއަށް ނުސީދާގޮތުގައި ކުރުމުގެ ސަބަބުން ބުދަ ދުވަހާ ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް ވައިގަދަވެ ކަނޑުގަދަވާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް