ކ. މާލެ
|
8 މެއި 2022 | އާދީއްތަ 11:51
ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް- އެމަނިކުފާނު އެޑްމިޓް ކުރައްވާފައިވަނީ ހޮނިހިރު ދުވަހު
ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް- އެމަނިކުފާނު އެޑްމިޓް ކުރައްވާފައިވަނީ ހޮނިހިރު ދުވަހު
ސައުދީ ގެޒެޓް
ސައޫދީ ރަސްގެފާނު އެޑްމިޓް ކުރެއްވުން
ޓެސްޓުތަކެއް ހެއްދެވުމަށް ސައޫދީ ރަސްގެފާނު އެޑްމިޓް ކުރައްވައިފި
 
އެމަނިކުފާނު އޮންނެވީ ކިންގ ފައިސަލް ސްޕެޝަލިސްޓް ހޮސްޕިޓަލުގައި
 
ޖިއްދާގެ ހޮސްޕިޓަލެއްގައި ރަސްގެފާނު ސަލްމާން އެޑްމިޓް ކުރައްވާފައިވަނީ ހޮނިހިރު ދުވަހު
 
އެޑްމިޓް ކުރެއްވީ ސިއްޙީ ގޮތުން ހައްދަވަން ޖެހިވަޑައިގަންނަވާ ޓެސްޓުތަކެއް ހެއްދެވުމަށް

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބުދުލްއަޒީޒް ހޮސްޕިޓަލުގައި އެޑްމިޓް ކުރައްވައިފިއެވެ.

ސިއްޙީ ގޮތުން ހައްދަވަން ޖެހިވަޑައިގަންނަވާ ޓެސްޓުތަކެއް ހެއްދެވުމަށް ޖިއްދާގެ ހޮސްޕިޓަލެއްގައި ރަސްގެފާނު ސަލްމާން އެޑްމިޓް ކުރައްވާފައިވަނީ ހޮނިހިރު ދުވަހުގެ ވަގުތެއްގައެވެ. އެކަން ސައުދީ ޝާހީ އާއިލާއާ ޙަވާލާދީ ބޭރުގެ މީޑިއާތަކުން ވަނީ ކަށަވަރު ކޮށްދީފައެވެ.

ރަސްގެފާނު ސަލްމާންގެ ޓެސްޓުތައް މިހާރު ކުރިއަށްދާއިރު، އެމަނިކުފާނު އޮންނެވީ ކިންގ ފައިސަލް ސްޕެޝަލިސްޓް ހޮސްޕިޓަލުގައެވެ. ނަމަވެސް އެ ޓެސްޓުތަކާ ގުޅޭ މާ ގިނަ ތަފްސީލުތަކެއް ޝާހީ އާއިލާއިން ހާމަކޮށްފައެއް ނުވެއެވެ.

މީގެ ކުރިންވެސް މިގޮތަށް އެމަނިކުފާނު އެޑްމިޓް ކުރައްވައިގެން ޓެސްޓުތަކެއް ހައްދަވާފައިވެއެވެ. އެގޮތުން 2020 ވަނަ އަހަރުވެސް ގޯލް ބްލެޑަރ ސަރޖަރީއެއް ހައްދަވާފައިވާއިރު، ހިތްޕުޅަށް ލައްވާފައިވާ ޕޭސްމޭކަރުގެ ބެޓްރީވެސް ވަނީ މިއަހަރުގެ މާރޗު މަހުގެ ތެރޭގައި ބަދަލުކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް