ކ. މާލެ
|
7 މެއި 2022 | ހޮނިހިރު 13:21
އުމްރާއަށް ގޮސް އުޅެނިކޮށް ނިޔާވި މީހާ
އުމްރާއަށް ގޮސް އުޅެނިކޮށް ނިޔާވި މީހާ
އުމްރާއަށް ދިޔަ ދިވެއްސަކު ނިޔާވުން
އުމްރާއަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ
ނިޔާވީ އުމުރުން 71 އަހަރުގެ މީހެއް
އޭނާ ނިޔާވީ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް

އުމްރާއަށް ގޮސް އުޅުނު ދިވެއްސަކު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ ރ. މީދޫއަށް އުފަން ސައީދު ޔޫސުފް (ސައީދުބެ)އެވެ. އޭނާ ނިޔާވިއިރު އުމުރަކީ 71 އަހަރެވެ.

Advertisement

އޭނާ އުމްރާއަށް ދިޔައީ ޒަމްޒަމް ހައްޖު އެންޑް އުމްރާ ޓްރެވަލް ގްރޫޕުގެ ހަވާލުފައެވެ. އެ ގްރޫޕުން ބުނީ ސައީދު މަރުވީ އޭނާގެ ހާލު ދެރަވެ މައްކާގެ ކިންގް ފައިސަލް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށް ކަމަށެވެ.

މިމަހުގެ 27 ވަނަ ދުވަހުވެސް އުމްރާގެ އަޅުކަން އަދާކުރުމަށް ގޮސް އުޅުނު ދިވެއްސަކު ވަނީ ނިޔާވެފައެވެ. އެއީ ބ. އޭދަފުށީ މާބަގީޗާގޭ އުމުރުން 76 އަހަރުގެ އަބޫބަކުރު ހަސަން (ބަކުރުބެ)އެވެ. އޭނާ ނިޔާވީ ހަރަމްފުޅުގައި ފަތިސް ނަމާދުކޮށްގެން އެނބުރި ހޮޓަލަށް ދިޔަތަނުން ކަމަށް މައުލޫމާތު ލިބެއެވެ. އަބޫބަކުރު އުމްރާއަށް ދިޔައީ މުސާފިރީން އުމްރާ ގުރޫޕްގެ ހަވާލުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް