ކ. މާލެ
|
3 މެއި 2022 | އަންގާރަ 13:28
228 ކެރެޓުގެ އަގުހުރި ޑައިމަންޑެއް ކަމަށްވާ "ދި ރޮކް"
228 ކެރެޓުގެ އަގުހުރި ޑައިމަންޑެއް ކަމަށްވާ "ދި ރޮކް"
ރޮއިޓާސް
ޑައިމަންޑް "ދި ރޮކް" ނީލަން ކިއުން
228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
 
ދި ރޮކްއަކީ ކްރިސްޓީސްއިން ނީލަންކިޔާ އެ ބާވަތުގެ އެންމެ ބޮޑު ޑައިމަންޑް
 
ނީލަން ފަށާ އަގުވެސް އުޅޭނީ 20 މިލިއަނާއި 30 މިލިއަން އެމެރިކާ ޑޮލަރާ ދޭތެރޭގައި
 
މި ނީލަމަކީ ކާމިޔާބު ނީލަމަކަށް ވާނެ ކަމުގެ އުއްމީދު އެބައޮތް

"ކްރިސްޓީސް ޖެނީވާ މިއުޒިއަމް ހައުސް" އިން ގެންދަނީ 228 ކެރެޓުގެ އަގުހުރި ޑައިމަންޑެއް ކަމަށްވާ "ދި ރޮކް" ނީލަން ކިއުމަށް ތައްޔާރުވަމުންނެވެ.

ޕެއަރއެއްގެ ބައްޓަމަށް ހުންނަ މި ބޮޑު ޑައިމަންޑް ނީލަން ކިއުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 11 ވަނަ ދުވަހުއެވެ. ރާހުލް ކަޑަކިއާ ޙަވާލާދީ ރޮއިޓަރސްގައި އަންދާޒާ ކޮށްފައިވާ ގޮތުން ނީލަން ފަށާ އަގުވެސް އުޅޭނީ 20 މިލިއަނާއި 30 މިލިއަން އެމެރިކާ ޑޮލަރާ ދޭތެރޭގެ އަގެއްގައިކަމަށް ބެލެވެއެވެ. އޭނާ އަކީ ކްރިސްޓީސްގެ "ހެޑް އޮފް ޖުއެލަރީ" އެވެ. ރާހުލް ބުނެފައިވާ ގޮތުގައި އޭނާ އެތަނުގައި މަސައްކަތް ކުރާތާ 25 އަހަރު މިވަނީ ވެފައެވެ.

ކްރިސްޓީސް ޖެނީވާ މިއުޒިއަމްއަށް މިހާރު 256 އަހަރުވެދާނެއެވެ. ރާހުލް ބުނާ ގޮތުގައި ދި ރޮކްއަކީ ކްރިސްޓީސްއިން ނީލަންކިޔާ އެ ބާވަތުގެ އެންމެ ބޮޑު ޑައިމަންޑެވެ.

ހުދުކުލައިގެ އެ ޑައިމަންޑަކީ މީގެ ވިއްސަކަށް އަހަރު ކުރިން ދެކުނު އެފްރިކާއިން ނަގާފައިވާ ޑައިމަންޑެކެވެ.

މެއި މަހުގެ 11 ވަނަ ދުވަހު އޮންނަ ނީލަމުގައި "ދި ރެޑް ކްރޮސް ޑައިމަންޑް" ނަމަކަށް ކިޔާ 205 ކެރެޓުގެ ޑައިމަންޑެއްވެސް ނީލަން ކިއުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން އެއް ނީލަމެއްގައި 200 ކެރެޓުން މަތީގެ ޑައިމަންޑުތަކެއް ނީލަން ކިއުން މިއީ ތަފާތު ކަމެއްގެ ގޮތުގައި ރާހުލް ވަނީ ސިފަކޮށްފައެވެ.

މި ނީލަމަކީ ކާމިޔާބު ނީލަމަކަށް ވާނެ ކަމުގެ އުއްމީދު އެބައޮތްކަމަށްވެސް އޭނާ ބުނެއެވެ. އެގޮތުން އިންވެސްޓަރުންނަށްވެސް ފުރުސަތު ފަހިވެ، މާކެޓުގެ އަގުވެސް އިތުރުވެގެންދާނެ ކަމެއްކަމަށް އޭނާ ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
25%
0%
0%
0%
50%
25%
ކޮމެންޓް