ކ. މާލެ
|
1 މެއި 2022 | އާދީއްތަ 22:24
ރިޕޯޓަރުންތަކެއް - ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި
ރިޕޯޓަރުންތަކެއް - ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި
ރާއްޖެއެމްވީ
މީޑިއާތަކަށް ފައިސާ ދިނުން
ޓީޗަރުންގެ މުސާރަ ބޮޑުކުރި ޚަބަރު ގެނެސްދިނުމަށް މީޑިއާތަކަށް ފައިސާ ނުބަހާކަމަށް ރައީސް އޮފީހުން ބުނެފި
މީޑިއާތަކަށް ފައިސާ ބަހާފައިވާކަމަށް "ދިޔަރެސް" ނޫހުގައި ޝާއިއުކުރި
ޓީޗަރުންގެ މުސާރަ ބޮޑުކުރި ޚަބަރު ކަވަރުކުރުމަށް ފައިސާ ބަހާފައިވާކަމަށް ފަތުރާ ވާހަކައަކީ ދޮގެއްކަމަށް ރައީސް އޮފީހުން ބުނޭ

ޓީޗަރުންގެ މުސާރަ ބޮޑުކުރި ޚަބަރު ގެނެސްދިނުމަށް މީޑިއާތަކަށް ފައިސާ ނުބަހާކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން މިހެން ބުނެފައިވަނީ ޚަބަރު ގެނެސްދިނުމަށް މީޑިއާތަކަށް ފައިސާ ބަހާފައިވާކަމަށް "ދިޔަރެސް" ނޫހުގައި ޝާއިއުކުރި ޚަބަރަކާ ގުޅިގެންނެވެ. ރައީސް އޮފީހުން ބުނީ ޓީޗަރުންގެ މުސާރަ ބޮޑުކުރި ޚަބަރު ކަވަރުކުރުމަށް ފައިސާ ބަހާފައިވާކަމަށް ފަތުރާ ވާހަކައަކީ ދޮގެއްކަމަށެވެ.

އެ ނޫހުގައި ބުނެފައިވަނީ ޓީޗަރުންގެ މުސާރަ ބޮޑުކުރަން ސަރުކާރުން ނިންމައި، ޓީޗަރުންގެ މުސާރައަށް އައި ކުރިއެރުމާ ގުޅޭ ޚަބަރުތައް ގެނެސްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރާއްޖޭގެ ބައެއް މީޑިއާތަކަށް ގިނަ އަދަދެއްގެ ފައިސާ ދީފައިވާކަމަށެވެ.

ރައީސް އޮފީހުން މި ގޮތަށް ފައިސާ ދީފައިވާ މީޑިއާތަކަށް (ކުރިއާލައި) އިއުލާނުކުރި ބަދަލުތަކުގެ ތަފުސީލުވަނީ ހިއްސާކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ. އެ މީޑިއާތަކުންވަނީ ޓީޗަރުންގެ މުސާރައަށް އައި ބަދަލު ޕްރޮމޯޓުކުރުމަށް ބޭނުންވާ ގުރެފިކްސްއާއި ވީޑިއޯ ފަދަ ކޮންޓެންޓުތައް އުފައްދާފައިވާކަމަށްވެސް ބުނެފައިވެއެވެ.


Advertisement
- ކޮމެންޓް