ކ. މާލެ
|
1 މެއި 2022 | އާދީއްތަ 12:35
ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަނީ
ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަނީ
މުހައްމަދު ޝަރުހާން
27 މިސްކިތެއްގައި އީދު ނަމާދު ކުރާނެ
ބޮޑު ޖަމާއަތުގެ އިތުރުން މާލެ ސަރަހައްދުގެ 27 މިސްކިތެއްގައި އީދު ނަމާދު ކުރާނެ
މިއަހަރުގެ ފިތުރު އީދު ދުވަހަކީ މާދަމާ
މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނެ

ބޮޑު ޖަމާއަތުގެ އިތުރުން މާލެ ސަރަހައްދުގެ އިތުރު 27 މިސްކިތެއްގައި ފިތުރު އީދު ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ އެހެން އަހަރުތަކާ އެއްގޮތަށް މިއަހަރުވެސް މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ ބައެއް މިސްކިތްތަކުގައި އީދު ނަމާދު މާދަމާ ކުރަން މިނިސްޓްރީން ނިންމާފައިވާ ކަަމަށެވެ.

އެއީ

  • މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް
  • މަސްޖިދު މަލިކި ސަލްމާން
  • މަސްޖިދުއް ސުލްޠާން މުޙައްމަދު ބިން ޢަބްދިﷲ
  • މަސްޖިދުލް ފުރްޤާން
  • މަސްޖިދުއް ނޫރު
  • މަސްޖިދުއް ޝަހީދު ޢަލީ
  • މަސްޖިދުއް ސުލްޠާން ޙަސަން ޢިއްޒުއްދީން
  • މަސްޖިދުއް ސުލްޠާން މުޙައްމަދު ފަރީދުލް އައްވަލް
  • މަސްޖިދުއް ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)
  • މަސްޖިދުއް ސުލްޠާން މުޙައްމަދު ޝަމްސުއްދީން
  • މަސްޖިދު ޞަލާޙުއްދީން
  • މަސްޖިދު ޖަލާލުއްދީން
  • މަސްޖިދު އިބްރާހީމް (އިބްރާހީމީ މިސްކިތް)
  • މަސްޖިދު އިސްކަންދަރު
  • ވަގުތީ މިސްކިތް (ބޮޑުގެ)
  • މަސްޖިދުއް ސުލްޠާން މުޙައްމަދު ޢިމާދުއްދީން
  • މަސްޖިދުއް ޝައިޚް މުޙައްމަދު ޖަމީލްދީދީ
  • މަސްޖިދު ޢަފީފުއްދީން
  • ޒިޔާރަތް މިސްކިތް
  • މަސްޖިދުލް ބިއްރި (ވިލިމާލެ)
  • މަސްޖިދުއް ޝައިޚް ޤާސިމް ބިން މުޙައްމަދު އާލް ޘާނީ (ހުޅުމާލެ)
  • ހުޅުމާލެ ވަގުތީ މިސްކިތް (ނޭބަރހުޑް 3)
  • މަސްޖިދު އަބީބަކްރިނިއް ޞިއްދީޤު (ހުޅުމާލެ ފޭސް 2)
  • މަސްޖިދު ޢުޘްމާނު ބިން ޢައްފާން (ހުޅުމާލެ ފޭސް 2)
  • މަސްޖިދު އަމީލް ޖަލީލް (ހުޅުމާލެ ފޭސް 2)
  • މަސްޖިދުއް ސަބީލް (ހުޅުލެ)
  • މަސްޖިދުލް އިންތިޞާރު (ހުޅުލެ)

ބޮޑު ޖަމާއަތުގައި ނަމާދު ކުރަން ތިން މައިދާނެއް މިނިސްޓްރީން ވަނީ ކަނޑައަޅައިފައެވެ. އެއީ މާފަންނު ސްޓޭޑިއަމާއި ވިލިމާލެ ފުޓްބޯޅަ ދަނޑާއި ހުޅުމާލެ ސްޓޭޑިއަމް ސަރަހައްދެވެ.

ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަން ދާ މީހުން ގެއިން ވުޟޫކޮށްގެން ދިއުމަށާއި އަމިއްލަ މުސައްލައަކާއި ފެންފުޅިއަކާއި ފައިވާން ލާނެ ޕްލާސްޓިކް ނޫން ކޮތަޅެއް ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އެދިފަ އެވެ.

އީދު ނަމާދު ކުރަން ވަކި މިސްކިތްތަކަކާއި ސަރަހައްދުތަކެއް ކަނޑައަޅައިފައި ވީ ނަމަވެސް މޫސުން ގޯސްވެ ބޮޑު ޖަމާއަތުގައި ނަމާދު ނުކުރެވޭ ހާލަތްތަކުގައި ހުކުރު ނަމާދު ކުރާ ހުރިހާ މިސްކިތެއްގައި ވެސް އީދު ނަމާދު ކުރެވޭނެއެވެ.

މިއަހަރުގެ ފިތުރު އީދު ދުވަހަކީ މާދަމާއެވެ.

- ކޮމެންޓް