ކ. މާލެ
|
30 އޭޕްރިލް 2022 | ހޮނިހިރު 23:09
އިސްލާމީ އެއްވެސް ގައުމަކަށް މިއަދު އިރުއޮއްސުނު ފަހުން ހަނދު ފެނުނު ކަމުގެ މައުލުމާތު ލިބިފައެއްނުވޭ ނުވޭ
އިސްލާމީ އެއްވެސް ގައުމަކަށް މިއަދު އިރުއޮއްސުނު ފަހުން ހަނދު ފެނުނު ކަމުގެ މައުލުމާތު ލިބިފައެއްނުވޭ ނުވޭ
ރޮއިޓަރސް
ހަނދު ބެލުން
ހޯމަ ދުވަހަކީ ޢީދު ދުވަސް، ރަމަޟާން މަހުގެ ފަހު ދުވަހަކީ 1 މެއި
އިސްލާމީ އެއްވެސް ގައުމަކަށް ވެސް 1443 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދު ފެންމަތިނުވާނެކަމަށް، އިތުބާރު ހުރި ފަލަކީ ހިސާބުން ކަށަވަރުވޭ
ހޮނިހިރު ދުވަހުގެ އިރު އޮއްސުމަށްފަހުގައި ދިވެހިރާއްޖޭގެ އެއްވެސް ރަށަކަށް، އަދި ދުނިޔޭގެ އެއްވެސް ޤައުމަކަށް މިއަހަރުގެ ޝައްވާލުމަހުގެ ހަނދު ސާބިތުވެފައިވާކަމުގެ ރަސްމީ މަޢުލޫމާތެއް ލިބިފައެއް ނުވޭ
މެއި މަހުގެ 2 ވާ ހޯމަ ދުވަހަކީ، 1443 ވަނަ އަހަރުގެ ފިތުރު އީދު ދުވަސް

ރާއްޖޭގެ އެއްވެސް ރަށަކަށް އަދި އިސްލާމީ އެއްވެސް ޤައުމަކަށް ހަނދު ފެނުނު ކަމުގެ އިތުބާރު ހުރި މައުލޫމާތެއް ލިބިފައި ނުވާތީ 1443 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަހަކީ މެއިމަހުގެ 2 ވަނަ ދުވަހުގެ ގޮތުގައި ސަރުކާރުން ކަނޑައަޅައިފިއެވެ.

ޝައްވާލަ މަހުގެ ހަނދު ސާބިތު ކުރުމަށް އިސްލާމިކް މިނިސްޓްރީގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ހަނދާބެހޭ ބަޔާން އިއްވަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ ހިޖުރީ ސަނަތުން 1443 ވަނަ އަހަރުގެ ރަމަޝާން މަހުގެ 29 (މީލާދީ ސަނަތުން 2022 ވަނަ އަހަރުގެ އެޕްރީލް މަހުގެ 30) ވީ ހޮނިހިރު ދުވަހުގެ އިރުއޮއްސުނު އިރު، ދިވެހިރާއްޖޭގެ އެއްވެސް ރަށަށް، އަދި އިސްލާމީ އެއްވެސް ގައުމަކަށް ވެސް 1443 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދު ފެންމަތިނުވާނެކަމަށް، އިތުބާރު ހުރި ފަލަކީ ހިސާބުން ކަށަވަރުވާ ކަމަށެވެ.

އަދިހަމައެއާއެކު ހޮނިހިރު ދުވަހުގެ އިރު އޮއްސުމަށްފަހު ދިވެހިރާއްޖޭގެ އެއްވެސް ރަށަކަށް، އަދި ދުނިޔޭގެ އެއްވެސް ޤައުމަކަށް މިއަހަރުގެ ޝައްވާލުމަހުގެ ހަނދު ސާބިތުވެފައިވާކަމުގެ ރަސްމީ މަޢުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ.

އެހެންކަމުން ރަމަޟާން މަހާއި، ޝައްވާލުމަހުގެ ހަނދު ސާބިތުކުރަން ދިވެހިރާއްރޭގައި ޢަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުގައި ވާގޮތުގެ މަތިން މީލާދީ ސަނަތުން 2022 ވަނަ އަހަރުގެ މެއި މަހުގެ 1 ވާ އާދިއްތަ ދުވަހަކީ 1443 ވަނަ އަހަރުގެ ރަމަޝާން މަހުގެ 30 ވަނަ ދުވަސް ކަމަށާއި، މެއި މަހުގެ 2 ވާ ހޯމަ ދުވަހަކީ، 1443 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަސްކަމުގައި ކަނޑައަޅާފައިވާ ކަމަށް އިސްލަމިކް މިނިސްޓަރ ވިދާޅުވިއެވެ.

- ކޮމެންޓް