Advertisement
ކ. މާލެ
|
27 އޭޕްރިލް 2022 | ބުދަ 14:19
ތ. ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރާ، ހަމަލާދޭން އުޅުނުކަމުގެ ތުހުމަތުކުރެވޭ މީހުންގެ ތެރޭގައި ހިމެނޭ ތ. ތިމަރަފުށި، ކެނެރީގެ، ޢަލީ މުނީޒު
ތ. ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރާ، ހަމަލާދޭން އުޅުނުކަމުގެ ތުހުމަތުކުރެވޭ މީހުންގެ ތެރޭގައި ހިމެނޭ ތ. ތިމަރަފުށި، ކެނެރީގެ، ޢަލީ މުނީޒު
ރާއްޖެއެމްވީ
ތިމަރަފުށީ ހަރުކަށި ފިކުރު
ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ ފަރާތްތަކާ އަލީ މުނީޒު ބައްދަލުކުރާކަމުގެ އިންޓެލް ލިބިފައިވޭ: ޕީޖީ
ޢަލީ މުނީޒުގެ މައްޗަށް ޓެރަރިޒަމާ ގުޅުންހުރި 3 ދައުވާއެއް އުފުލާފައިވޭ
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމް
އަލީ މުނީޒުގެ ބަންދާއި ގުޅިގެން ދައުލަތުން ދެކޭ ގޮތް މިހާރު ވަނީ ބަދަލުވެފައި

ތ. ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރާ، ހަމަލާދޭން އުޅުނުކަމުގެ ތުހުމަތުކުރެވޭ މީހުންގެ ތެރޭގައި ހިމެނޭ ތ. ތިމަރަފުށި، ކެނެރީގެ، ޢަލީ މުނީޒު އަލުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން އެދިއްޖެއެވެ.

ތ. ތިމަރަފުށި، ކެނެރީގެ، ޢަލީ މުނީޒުގެ މައްޗަށް ޓެރަރިޒަމާ ގުޅުންހުރި 3 ދައުވާއެއް އުފުލާފައިވެއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.

މި އަޑުއެހުމަކީ އަލީ މުނީޒުގެ ބަންދު މުރާޖައާ ކުރުމަށް ބޭއްވި އަޑުއެހުމެކެވެ.

ދައުލަތުން ބުނެފައިވާ ގޮތުގައި އަލީ މުނީޒުގެ ބަންދާއި ގުޅިގެން ދައުލަތުން ދެކޭ ގޮތް މިހާރު ވަނީ ބަދަލުވެފައެވެ. އެގޮތުން އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓައި، އޭނާގެ ބޭސްފަރުވާއާ ގުޅޭ ގިނަ ލިޔުންތަކެއް ހުށައެޅުމުން އޭރު ދައުލަތަށްވެސް ބުރަވެވުނީ އޭނާގެ ބަންދަށް ލުއިދޭން ޖެހޭކަމަށެވެ. ވުމާއެކު، އޭރު އޭނާގެ ބަލި ޙާލަތަށް ރިއާޔަތްކޮށް، ޝަރުތުތަކާއެކު ވަނީ އޭނާ ބަންދުން ދޫކޮށްލާފައެވެ.

Advertisement

އޭނާގެ މައްޗަށް 8 ޝަރުތެއް އޭރު ކޮށްފައިވެއެވެ. އޭގެ ތެރޭގައި އެއްވެސް ޤާނޫނާ ޚިލާފު އަމަލެއް ނުކުރުމާއި، ވަކި ގަޑިއަކަށް ކޯޓަށް ހާޒިރުވުމާއި، ފުލުހުންނަށް ރިޕޯޓު ކުރުމާއި، ޓެރަރިޒަމާ ގުޅުންހުރި ފަރާތްތަކާ ބައްދަލުނުކުރުމަށް ވަނީ ޝަރުތުކޮށްފައެވެ.

ދައުލަތުން ބުނާ ގޮތުގައި އޭނާ ޝަރުތުތަކާ ޚިލާފަށް، ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ ފަރާތްތަކާ ބައްދަލުކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސްއިން މައުލޫމާތު ދީފައިވާ ކަމަށެވެ.

ވުމާއެކު، ދައުލަތުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އެދިލައްވާފައެވެ.

އެހެންނަމަވެސް، އަލީ މުނީޒުގެ ފަރާތުން ވަނީ އޭނާ ޝަރުތުތަކާ ޚިލާފުވެފައި ނުވާނެކަމަށް ބުނެފައެވެ.

އެކަމާއި ގުޅިގެން ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވަނީ އަލީ މުނީޒުގެ ބަންދަށް ބަދަލު ގެންނަންޖެހޭ ޙާލަތު އޮތްކަމަށް ދެކިލައްވާކަމަށް ވިދާޅުވެ، އޭނާ އަލުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރު ކުރައްވާފައެވެ. ޝަރީއަތަށްވެސް ބުރަވެވިފައިވަނީ އޭނާ ޝަރުތުތަކާ ޚިލާފުވެފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް