ކ. މާލެ
|
26 އޭޕްރިލް 2022 | އަންގާރަ 22:39
96 އެމްބިއުލާންސް ހެލްތު މިނިސްޓްރީއާ ހަވާލުކުރުން
96 އެމްބިއުލާންސް ހެލްތު މިނިސްޓްރީއާ ހަވާލުކުރުން
އެސްޓީއޯ
ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ގެނައުން
ސަރުކާރުގެ ރެކޯޑެއް: 10 މަސް ދުވަހުގެ ތެރޭގައި ހުރިހާ ރަށަކަށް ބޭނުންވާ އެމްބިއުލާންސް ރާއްޖެ ގެނެސްފި
މި ޕްރޮޖެކްޓުގެ ތެރެއިން 96 އެމްބިއުލާންސް ގެނެސްފައިވޭ
މި މަސައްކަތް އެސްޓީއޯއާ ހަވާލުކޮށްފައިވަނީ 10 ޖޫން 2021ގައި

ރާއްޖޭގެ އެކި ރަށްރަށުގެ ސިއްހީ ނިޒާމަށް ބޭނުންވާ 96 އެމްބިއުލާންސް ސަޕްލައިކުރުމަށްޓަކައި މިނިސްޓްރީ އޮފް ހެލްތުން އެސްޓީއޯއާ ހަވާލުކުރި ޕްރޮޖެކްޓް ނިންމައި، 96 ރަށުގެ އެމްބިއުލާންސް ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފިއެވެ.

މިޕްރޮޖެކްޓްގެ ނިންމުން ފާހަގަ ކުރުމުގެ ގޮތުން އެސްޓީއޯ ހެޑް އޮފީހުގައި އަންގާރަ ދުވަހު ބޭއްވި ހަފްލާގައި އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ ހުސައިން އަމްރު މުހައްމަދު ރަޝާދު ވަނީ، ހެލްތު މިނިސްޓަރ އަހުމަދު ނަސީމަށް 96 ވަނަ އެމްބިއުލާންސް ހަވާލުކޮށްދެއްވާފައެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބޭނުންވާ އެމްބިއުލާންސް ހޯދައިދިނުމަށްޓަކައި ހެލްތު މިނިސްޓްރީން އެސްޓީއޯއާ ހަވާލުކޮށްފައިވަނީ 10 ޖޫން 2021ގައެވެ. އެދުވަހުން ފެށިގެން، އެކި މުއްދަތުތަކަށް ބަހާލައިގެން މިއަދާހަމައަށް 96 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ހެލްތު މިނިސްޓްރީއާ ވަނީ ހަވާލުކޮށްފައެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް ބޭނުންވާ އެމްބިއުލާންސް 10 މަސްދުވަހުގެ ތެރޭގައި ރާއްޖެ ގެނެސްފައިވާއިރު, މިއީ މީގެ ކުރިން އެއްވެސް ސަރުކާރަކުން ހަދާފައިނުވާވަރުގެ ބޮޑު ރެކޯޑެކެވެ.

ރާއްޖެ ސިއްހީ ނިޒާމް ހަރުދަނާކުރުމަށްޓަކައި މިއަދުގެ ސަރުކާރުންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބޭނުންވާ އެމްބިއުލާންސް ފޯރުކޮށްދިނުމުގެ މަސައްކަތުގައި އެސްޓީއޯގެ ބޮޑު ހިއްސާއެއް އެކުލެވޭކަމީ އެކުންފުންޏަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް ކަމުގައި ފާހަގަކޮށްފައިވެއެވެ.

- ކޮމެންޓް