ކ. މާލެ
|
25 އޭޕްރިލް 2022 | ހޯމަ 18:10
އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރަނީ
އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރަނީ
ރާއްޖެއެމްވީ
ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި
ދެ އަހަރަށްފަހު މިއަހަރުގެ ފިޠުރު ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި
ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުމަށް ނިންމިނަމަވެސް މޫސުން ތަންނުދޭނަމަ ޢީދު ނަމާދު ކުރުން އޮންނާނީ މިސްކިތްތަކުގައި
މާލޭގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރަން ހަމަޖެހިފައިވަނީ މާފަންނު ސްޓޭޑިއަމްގައި
ހުޅުމާލޭގައި ޢީދު ނަމާދުކުރަން ހަމަޖެހިފައިވަނީ ހުޅުމާލެ ސްޓޭޑިއަމް އަދި ވިލިމާލޭގައި ޢީދު ނަމާދުކުރަން ހަމަޖެހިފައިވަނީ ވިލިމާލޭ ބަނދަރު ސަރައްދުގައި

ކޮވިޑް-19ގެ ސަބަބުން މާލެ ސަރަހައްދުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން މެދު ކަނޑާލާފައި އޮތުމަށްފަހު މިއަހަރުގެ ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރާގޮތަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމީކް މިނިސްޓްރީން ބުނީ މިއަހަރު މޫސުން ތަންދޭނަމަ މާލޭގައި ފިޠުރު ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރާނެކަމަށެވެ.  ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުމަށް ނިންމިނަމަވެސް މޫސުން ތަންނުދޭނަމަ ޢީދު ނަމާދު ކުރުން އޮންނާނީ މިސްކިތްތަކުގައި ކަމަށް މިނިސްޓްރީން ބުނެއެވެ. މާލޭގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރަން ހަމަޖެހިފައިވަނީ މާފަންނު ސްޓޭޑިއަމްގައެވެ. ހުޅުމާލޭގައި ޢީދު ނަމާދުކުރަން ހަމަޖެހިފައިވަނީ ހުޅުމާލެ ސްޓޭޑިއަމްގައެވެ. އަދި ވިލިމާލޭގައި ޢީދު ނަމާދުކުރަން ހަމަޖެހިފައިވަނީ ވިލިމާލޭ ބަނދަރު ސަރައްދުގައެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ޢީދު ނަމާދަށްދާއިރު ސަމާލުކަން ދޭންވީ ކަންތައްތަކެއް ފާހަގަކޮށްފައެވެ. އެގޮތުން ކޮންމެ ނަމާދަކަށް ދާއިރުވެސް ގެއިން ވުޟޫކޮށްގެން ދިއުމާއި އަމިއްލަ މުސައްލައެއް ގެންދިޔުމާއި އަމިއްލަ ފެންފުޅިއެއް ހިފައިގެން ދިޔުމާއި އަރައިގެންދާ ފައިވާން ބޫޓު ލާނެ ޕްލާސްޓިކް ނޫން ކޮތަޅެއް ގެންދިޔުމަށް ހަނދާން ކޮށްދީފައިވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި ފާއިތުވި ދެ އަހަރު ބޮޑު ޖަމާއަތުގައި އީދު ނަމާދު ނުކުރި ނަމަވެސް ގައިދުރުކަމާއެކު މިސްކިތްތަކުގައި ވަނީ އީދު ނަމާދުކޮށްފައެވެ. ނަމަވެސް 2020 ވަނަ އަހަރުގެ ފިތުރު އީދާ ބައްދަލުވެފައިވަނީ ކޮވިޑް-19 އާ ގުޅިގެން މުޅި ރާއްޖެ ލޮކްޑައުންކޮށްފައި ވަނިކޮންނެވެ. އެހެންކަމުން އެފަހަރު މާލޭގައި މިސްކިތްތަކުގައިވެސް އީދު ނަމާދުކޮށްފައެއްނުވެއެވެ.

ރާއްޖޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރަން ފަށާފައިވަނީ 2012 ވަނަ އަހަރުއެވެ.

- ކޮމެންޓް