ކ. މާލެ
|
25 އޭޕްރިލް 2022 | ހޯމަ 15:42
އާއިޝަތު ޝާން ޝާކިރު
އާއިޝަތު ޝާން ޝާކިރު
ރައީސް އޮފީސް
ޖަރުމަންވިލާތށް ކަނޑައަޅާ އައު ސަފީރު
ޖަރުމަންވިލާތށް ކަނޑައަޅާ އައު ސަފީރު ކަމަށް އައްޔަން ކުރުމަށް ޝާންގެ ނަން މަޖިލީހަށް
ޝާން މީގެ ކުރިން ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ޖޮއިންޓް ސެކްރެޓަރީގެ މަގާމް ފުރުއްވާފައި
މިމައްސަލަ ދިރާސާ ކުރުމަށްޓަކައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީއަށް ފޮނުވާފައި

ޖަރުމަނުވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމަށް ޗީފް އޮފް ޕްރޮޓްކޯލްގެ މަގާމުގައި ހުންނެވި އާއިޝަތު ޝާން ޝާކިރު ހަމަޖެއްސުމަށްޓަކައި މަޖިލީހަށް ނަން ފޮނުވައިފިއެވެ.

އެ މަގާމުގައި މިހާރު ހުންނެވި އަހުމަދު ލަތީފުގެ އަނބުރާ ގެނައުމަށް ވަނީ ނިންމަވާފައެވެ.

ލަތީފުގެ ބަދަލުގައި އެމަގާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނަންފުޅު ފޮނުއްވި ބޭފުޅަކީ ޗީފް އޮފް ޕްރޮޓްކޯލްގެ މަގާމަށް ފުރަތަމަ ފަހަރަށް އައްޔަން ކުރެވުނު އަންހެން ބޭފުޅާކަމަށްވާ އާއިޝަތު ޝާން ޝާކިރުއެވެ. ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމަށް ހަމަޖެއްސުމާއި ހަމައަށް އާއިޝަތު ޝާން ޝާކިރު ހުންނެވީ ދިވެހިރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމުގައެވެ. އަދި ޝާން މީގެ ކުރިން ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ޖޮއިންޓް ސެކްރެޓަރީގެ މަގާމާއި، މެލޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ހައި ކޮމިޝަނަރުގެ މަގާމާއި، ސައޫދީ އަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރގެ މަގާމުގެ އިތުރުން ވެސް، އެ މިނިސްޓްރީގެ އެހެނިހެން އިސް މަގާމުތައް ފުރުއްވާފައެވެ.

ޖަރުމަނުވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް އަހުމަދު ލަތީފް އައްޔަން ކުރައްވާފައިވަނީ 2020 ވަނަ އަހަރުއެވެ. ލަތީފު ޚާރިޖީ ދާއިރާއާ ގުޅިވަޑައިގަތީ، 1981 ވަނަ އަހަރު އެވެ. އަދި ދިވެހި ޚާރިޖިއްޔާގައި ތަފާތު އެކި މަގާމުތައް ލަތީފް ވަނީ ފުރުއްވާފައެވެ.

އަހުމަދު ލަތީފްއަކީ 2007 ވަނަ އަހަރު ޗައިނާ ސަރުކާރަށް ދިވެހިރާއްޖެއިން ކަނޑައެޅުއްވި ފުރަތަމަ ސަފީރުވެސް މެއެވެ. އަޙްމަދު ލަތީފް ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް، ޢައްޔަނު ކުރެއްވި ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމުވެސް އަދާ ކުރައްވާފައެވެ.

މިމައްސަލަ ދިރާސާ ކުރުމަށް ވަނީ ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީއަށް ފޮނުވާފައެވެ.


Advertisement
- ކޮމެންޓް