ކ. މާލެ
|
24 އޭޕްރިލް 2022 | އާދީއްތަ 04:37
ނައިބު ރައީސް ފައިސަލް ނަސީމު ފުވައްމުލައް ސިޓީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ނައިބު ރައީސް ފައިސަލް ނަސީމު ފުވައްމުލައް ސިޓީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ރައީސް އޮފީސް
ނައިބު ރައީސްގެ ފުވައްމުލައް ސިޓީ ދަތުރުފުޅު
ނައިބު ރައީސް ފުވައްމުލައް ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
އެމަނިކުފާނު ވަނީ ފުވައްމުލައް އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވި އިޙްޔާ ޖަލްސާ ޝަރަފުވެރި ކޮށްދެއްވާފައި
އެމަނިކުފާނު ވަނީ ފުވައްމުލައް ސިޓީގައި ޢިމާރާތްކުރާ ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވާފައި

ނައިބު ރައީސް ފައިޞަލް ނަސީމް، ފުވައްމުލައް ސިޓީއަށް ކުރެއްވި 2 ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ފުވައްމުލައް އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވި އިޙްޔާ ޖަލްސާ ޝަރަފުވެރި ކޮށްދެއްވާފައެވެ. އަދި އެމަނިކުފާނު ވަނީ ފުވައްމުލައް ސިޓީގައި ޢިމާރާތްކުރާ ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވާފައެވެ. މި ރަސްމިއްޔާތުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއަށް ކުރިއެރުން ލިބެންއޮތީ ރަނގަޅު ޖީލެއް ބިނާކުރެވިގެންކަން ފާހަގަކުރައްވައި ރާއްޖޭގައި އެކިއެކި އިލްމު އުނގެނިވަޑައިގެން ތިއްބެވި ފަރާތްތަކުން އެކަމަށް މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެ ސިޓީގެ ތަރައްޤީއަށް ކުރިޔަށްގެންދާ އެންމެ މުހިންމު މަޝްރޫޢުތަކާއި ގުޅޭގޮތުން ފުވައްމުލައް ސިޓީ ކައުންސިލުގެ މެންބަރުންނާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް