ކ. މާލެ
|
24 އޭޕްރިލް 2022 | އާދީއްތަ 04:43
އެންއީއޯސީގެ މަސައްކަތްތައް ދަރުބާރުގޭގައި ކުރިއަށްދަނީ
އެންއީއޯސީގެ މަސައްކަތްތައް ދަރުބާރުގޭގައި ކުރިއަށްދަނީ
ރާއްޖެއެމްވީ
އެޗްއީއޯސީ ހޮޓްލައިން ނަމްބަރުންދޭ ޚިދުމަތް
ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ 1676ން ދެން ޚިދުމަތްދެމުންދާނީ ރަސްމީ ގަޑިތަކުގައި އެކަނި
މި ބަދަލާއެކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ފަރާތްތަކުން ކޯލް ސެންޓަރާއި ގުޅައިގެން ހަމަޖައްސައިދެމުން ގެންދިޔަ ޑޮކްޓަރުންގެ އޮންލައިން ކޮންސަލްޓޭޝަން ދިނުން ހުއްޓާލެވޭނެ
ކުއްލިއަކަށް ހާލުބޮޑުވެ، އެމެޖެންސީގައި ފަރުވާދޭން ޖެހޭ ފަރާތްތަކުން އެމެޖެންސީ މެޑިކަލް ސަރވިސް (އީ.އެމް.އެސް) ގެ ނަންބަރ 100ށް ގުޅުމަށް ވަނީ އެދިފައި

ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން 24 ގަޑިއިރު ޚިދުމަތް ދެމުންދާ ކޯލްސެންޓަރ (1676) ގެ ޚިދުމަތް 24 އޭޕްރީލުން ފެށިގެން ދެމުންދާނީ ހަމައެކަނި ރަސްމީ ގަޑީގައި ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

މި ބަދަލާއެކު، ކޮވިޑަށް ޕޮޒިޓިވްވެފައިވާ ފަރާތްތަކުން ކޯލް ސެންޓަރާއި ގުޅައިގެން ހަމަޖައްސައިދެމުން ގެންދިޔަ ޑޮކްޓަރުންގެ އޮންލައިން ކޮންސަލްޓޭޝަން ދިނުން ހުއްޓާލެވޭނެކަމަށް އެޗްޕީއޭއިން ބުނެއެވެ. މާލެ ސަރަހައްދުގައި، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ނުވަތަ ޑައިރެކްޓް ކޮންޓެކްވެގެން ކަރަންޓީނުގައި ތިބޭ ފަރާތްތަކުން ސިއްހީ ފަރުވާ ހޯދަންޖެހޭ ޙާލަތްތަކުގައި އެންމެ ކައިރި ހޮސްޕިޓަލަކާ ގުޅައިގެން އޮންލައިން ކޮންސަލްޓޭޝަން ނުވަތަ އެ ހޮސްޕިޓަލަކުން ކަނޑައަޅާފައިވާ ގޮތުގެ މަތިން ސިއްހީ ފަރުވާ ހޯދުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި މި ފަދަ ފަރާތްތަކުގެ ތެރެއިން ކުއްލިއަކަށް ހާލުބޮޑުވެ، އެމެޖެންސީގައި ފަރުވާދޭން ޖެހޭ ފަރާތްތަކުން އެމެޖެންސީ މެޑިކަލް ސަރވިސް (އީ.އެމް.އެސް) ގެ ނަންބަރ 100 އަށް ގުޅުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

ރާއްޖޭގައި މިހާރު ކޮވިޑް-19ގެ ހާލަތު ރަނގަޅުވެފައިވާތީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އުވާލާފައެވެ. އަދި މިހާރު ކޮވިޑްގެ ތަފާސްހިސާބުތައް ހާމަކުރަމުންދަނީ ހަފްތާއަކު އެއްފަހަރެވެ. އެންމެ ފަހުން އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާލާއިރު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު ވަނި 178،883ށް އަރާފައެވެ. އަދި މިބަލި ޖެހިގެން ނިޔާވި މީހުންގެ އަދަދު ހުރީ 298ގައެވެ.

- ކޮމެންޓް