ކ. މާލެ
|
24 އޭޕްރިލް 2022 | އާދީއްތަ 04:34
ވެލެންސިޔާގެ ފުރަތަމަ ގޯލް ޖެހުމަށްފަހު ބިޗަޑް، މެޗުންވީ ބަލި
ވެލެންސިޔާގެ ފުރަތަމަ ގޯލް ޖެހުމަށްފަހު ބިޗަޑް، މެޗުންވީ ބަލި
އެފްއޭއެމް
ދިވެހި ޕްރިމިއަރ ލީގު
ގްރީން އަތުންވެސް ވެލެންސިޔާ ބަލި، މަޤާމް އަނބުރާ ނުހޯދުނު!
ވެލެންސިޔާ މިހާރު އޮތީ 4 ވަނާގައި

ދިވެހި ޕްރިމިއަރ ލީގުގައި ގްރީން ސްޓްރީޓްސް އަތުންވެސް ބަލިވެ, ވެލެންސިޔާގެ މަޤާމް ގެއްލިއްޖެއެވެ. ފުރަތަމަ ބުރު ނިމުނުއިރު އޮތް ދެވަނަ މަޤާމް ވެލެންސިޔާއަށް ގެއްލުނީ މިދިޔަ ހަފްތާގައި 13-0 ން މާޒިޔާ އަތުން ބަލިވެ, އީގަލްސް މެޗުތަކުން މޮޅުވުމުންނެވެ.

އަނބުރާ މަޤާމަށް ދިއުމަށް އޮތް ފުރުޞަތު އަނެއްކާވެސް ގެއްލުނީ ގްރީން ސްޓްރީޓްސް އަތުން ބަލިވުމުންނެވެ. ދިހަވަނަ މެޗުގައި ގްރީން އަތުން ބަލިވީ 3-2 ނެވެ. މެޗުގެ ފުރަތަމަ ހާފްގައި ގްރީންއިން ފުރަތަމަ ދެ ލަނޑު ޖަހާ ކުރި ހޯދާފައިވަނިކޮށް, ހާފް ނިމުމުގެ ކުރިން ދެ ލަނޑު ޖަހާ ވެލެންސިޔާއިން އެއްވަރުވެސް ކުރިއެވެ. އެކަމަކު ދެވަނަ ހާފްގައި ލަނޑެއްޖަހާ ނަތީޖާ ނެރުނީ ގްރީންއިންނެވެ. މެޗުގެ ފުރަތަމަ މިނިޓްގައި ގްރީންއަށް ލީޑް ހޯދައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާ އަންސަރު އިބްރާހީމްއެވެ. ދެވަނަ ލަނޑު ޖެހީ ރިލްވާން ވަހީދެވެ. ވެލެންސިޔާގެ ފުރަތަމަ ލަނޑު ޖެހީ މިދުހަތު ފަހުމީ (ބިޗަޑް) އެވެ. 42 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަކޮށްދިނީ ބޯހާސްއެވެ. ގްރީން މޮޅުކޮށްދިން ލަނޑު 69 ވަނަ މިނިޓްގައި ޖެހީ ހަސަން ނަޒީމް (ޗޯޓް) އެވެ.

މިމޮޅާއެކު ގްރީން ވަނީ ދިހަ މެޗުން 11 ޕޮއިންޓް ހަމަކޮށްފައެވެ. ޔުނައިޓެޑް ވިކްޓްރީއާއި ސަސްވެސް އޮތީ 11 ޕޮއިންޓާއެކުއެވެ. ވެލެންސިޔާ އޮތީ 13 ޕޮއިންޓާއެކު ހަތަރު ވަނާގައެވެ. ވެލެންސިޔާއަށްވުރެ ކުރީގައި އޮތީ ޔުނައިޓެޑް ވިކްޓްރީއާއި, އީގަލްސްގެ އިތުރުން އެއްވަނާގައި އޮތް މާޒިޔާއެވެ. ލީގުގައި އާދިއްތަ ދުވަހުގެރޭ ވާދަކުރާނީ އީގަލްސްއާއި ސަސްއެވެ.

- ކޮމެންޓް