ކ. މާލެ
|
22 އޭޕްރިލް 2022 | ހުކުރު 18:00
ސްޕެލިންގ ބަދަލުކޮށް މަލޭގެ ގެއެއްގައި ދަމާފައިވާ އިންޑިއާ އައުޓް ބެނަރ
ސްޕެލިންގ ބަދަލުކޮށް މަލޭގެ ގެއެއްގައި ދަމާފައިވާ އިންޑިއާ އައުޓް ބެނަރ
ޓްވީޓަރ
އިންޑިއާ އައުޓް ބެނަރ ނެގުން
ރައީސްގެ ގާރާރާއެކު ސްޕެލިންގ ބަދަލުކޮށް ދެމި އިންޑިއާ އައުޓް ބެނަރވެސް ނަގައިފި
ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭނުތަކަކީ ގައުމީ ސަލާމަތާ ގުޅުންހުރި, އަދި ނުރައްކާ އޮތް ކަމެއް ކަމަށް ކަނޑައަޅައި އެކަން ހުއްޓުވުމަށް ރައީސްގެ ގަރާރަކުން އަންގަވާފައިވަނީ ބުރާސްފަތި ދުވ
ބުރާސްފަތި ދުވަހުގެ ރޭ އިންޑިއާ އައުޓްގެ ސްޕެލިންގ ބަދަލުކޮށް މާލޭގެ ގެއެއްގައި ބޮޑު ބެނަރއެއް އަނެއްކާވެސް ދެމި
އިންޑިއާ އައުޓް ބެނަރ ނަގަން ކޯޓު އަމުރު ދިން ފަނޑިޔާރަށް އިދިކޮޅު ކޯލިޝަނުން ބިރު ދެއްކި މައްސަލަވެސް ފުލުހުން އަންނަނީ ބަލަމުން

ސިޔާސީ ބޭނުމެއްގައި, ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭނުތަކަކީ ގައުމީ ސަލާމަތާ ގުޅުންހުރި, އަދި ނުރައްކާ އޮތް ކަމެއް ކަމަށްވާތީ އެފަދަ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި, ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ނެރުއްވި ގާރާރާއެކު ލިއުންކޮޅުގެ ސްޕެލިންގ ބަދަލުކޮށް ދެމި އިންޑިއާ އައުޓް ބެނަރ ވެސް ނަގައިފިއެެވެ.

އިދިކޮޅު ކޯލިޝަނުން ހިންގާ "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައަޅައި އެކަން ތަންފީޒުކުރުމަށް ދައުލަތުގެ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވާފައެވެ. ރައީސް ގަރާރާއެކު ކޯޓު އަމުރެއްގެ ދަށުން ފުލުހުންވަނީ ކުރީގެ ރައީސް ޔާމިންގެ ގެކޮޅުގައި ދަމާފައިހުރި އިންޑިއާ އައުޓުގެ ބޮޑު ބެނަރ ނަގާފައެވެ. އެއާއެކު އިދިކޮޅުން ވަނީ ބުރާސްފަތި ދުވަހުގެ ރޭ އިންޑިއާ އައުޓްގެ ސްޕެލިންގ ބަދަލުކޮށް މާލޭގެ ގެއެއްގައި ބޮޑު ބެނަރއެއް އަނެއްކާވެސް ދަމާފައެވެ. އެ ބެނަރގައި ލިޔެފައި ވަނީ "އިން ޑިއަރ އައުޓް"(IN DEAR OUT)އެވެ. ނަމަވެސް ފުލުހުން މިހާރު ވަނީ އެ ބެނަރ ވެސް ނަގައިފައެވެ.

އިންޑިއާ އައުޓް ބެނަރ ނަގަން ކޯޓު އަމުރު ދިން ފަނޑިޔާރަށް އިދިކޮޅު ކޯލިޝަނުން ބިރު ދެއްކި މައްސަލަވެސް ފުލުހުން އަންނަނީ ބަލަމުންނެވެ. ފުލުހުން ބުނީ ރައީސް އޮފީހުގެ ކުރީގެ ސްޕޯކްސްޕާރސަން އައްބާސް އާދިލް ރިޒާ ކޮށްފައިވާ ޓްވީޓަކީ ފަނޑިޔާރަށް ބިރު ދެއްކުމުގެ ގޮތުން ކޮށްފައިވާ ޓްވީޓަކަށްވާތީ އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ.

ބެނާރ ނެގުމަށް ކޯޓުން ނެރުނު އަމުރުގައި ގާޒީގެ ނަމާއި ސޮއި އޮތް ބައި ފޮޓޯއާއެކު ހިއްސާ ކުރަމުން އައްބާސް އާދިލް ރިޒާ ކުރި ޓްވީޓްގައި ބުނެފައިވަނީ، ގާޒީގެ ނަން ހަނދާން ނެތިދާނެތީ ކުރި ޓްވީޓެއް ކަމަށާއި، ވަރަށް ރަނގަޅަށް ބަލައި ފާސް ކުރަން ވާނެ ކަމަށެވެ. އަދި "މަޖީދީ މަގުގައި ހުރިހާ ގާއްދާރުން ވާޖަހާ ދަމަންވާނެ" ކަމަށެވެ.

ބޮޑުތަކުރުފާނު މަގުގައި ހުންނަ, ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ހަރުކޮށްފައިވާ އިންޑިއާ އައުޓް ބޮޑު ބެނަރ ކޯޓު އަމުރުގެ ދަށުން ފުލުހުން ނެގީ ބުރާސްފަތި ދުވަހުއެވެ. މި ބެނަރ ހަރުކުރީ އަންގާރަ ދުވަހުގެ ހަވީރުއެވެ.

Advertisement

ސިޔާސީ ބޭނުމެއްގައި, ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭނުތަކަކީ ގައުމީ ސަލާމަތާ ގުޅުންހުރި, އަދި ނުރައްކާ އޮތް ކަމެއް ކަމަށްވާތީ އެފަދަ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި, ތަންފީޒުކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް އަންގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބުރާސްފަތި ދުވަހު ވަނީ ގަރާރެއްވެސް ނެރުއްވާފައެވެ.

ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި, ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ކޮންމެ ހަރަކާތަކީ ދިވެހި ސަރުކާރުން އެކަމެއް ހުއްޓުވަންޖެހޭނެ ކަމެއް ކަމުގައިވާތީ، ދިވެހި ދައުލަތުގެ ފުދުންތެރިކަމާއި ފާގަތިކަމަށާއި ރާއްޖޭގެ ގައުމީ ސަލާމަތަށް ކުރާ ނޭދެވޭ ކޮންމެ އަސަރަކީ ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންދާނެ އަނިޔާއެކެވެ.

ވުމާއެކު، އެއްވެސް ޖާއިޒު މަގުސަދެއް ނެތި, ސިޔާސީ ބޭނުމެއްގައި, ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭނުތަކަކީ ގައުމީ ސަލާމަތާ ގުޅުންހުރި, އަދި ނުރައްކާ އޮތް ކަމެއްކަން ވަނީ ފާހަގަކޮށްފައެވެ.

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް މުހައްމަދު ނަޝީދުވެސް ވަނީ މިކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ، އަވަށްޓެރި ގައުމަކާ ގުޅޭ ގޮތުން ބަދުބަސް ބުނެ ބެނަރތައް ހަރުކުރުން ފުލުހުން ނުކުމެ ވަގުތުން ވަގުތަށް ހުއްޓުވަން ޖެހޭ ކަމަށެވެ.

އިދިކޮޅުން ގެންދަނީ އިންޑިއާ އައުޓް ޖަހައި މާލޭގެ އެކި ސަރަހައްދުތަކުގައި ބެނަރ ހަރުކޮށް މަގުމަތީގައާއި ފާރުތަކުގައި ލިޔަމުންނެވެ. އަދި އެކަމަށް ސޯޝަލް މީޑިއާގައި އަންނަނީ ފާޅުކަން ބޮޑު ގޮތެއްގައި ހިތްވަރު ދެމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް