ކ. މާލެ
|
22 އޭޕްރިލް 2022 | ހުކުރު 03:51
ގަމު ރީޖަލަ ހޮސްޕިޓަލުގައި ގާއިމްކުރި އައު އެކްސްރޭ މެޝިން
ގަމު ރީޖަލަ ހޮސްޕިޓަލުގައި ގާއިމްކުރި އައު އެކްސްރޭ މެޝިން
ގަން ރީޖަނަލް ހޮސްޕިޓަލް
ގަަމު ރީޖަނަލް ހޮސްޕިޓަލް ތަަރައްގީ ކުރުން
ގަމު ރީޖަނަލް ހޮސްޕިޓަލްގައި އައު އެކްސްރޭ މެޝިން ގާއިމްކޮށް ލޯންޑްރީ އިތުރަށް ތަރައްގީކޮށްފި
 
އަލަށް ގާއިމްކުރެވުނު ޚިދުމަތްތައް މިހާރު ވަނީ ފަށާފައި
 
ލާމަރުކަޒީ އުސޫލުން ޕްރައިމަރީ ހެލްތު ކެއަރގެ ނިޒާމު އަލުން އަނބުރާ ޤާއިމުކުރުމުގެ ތައްޔާރީތައް ކުރިއަށްދޭ

މާލެއަށް ބަރޯސާވުން ކުޑަކޮށް، އަތޮޅުތެރޭގެ ސިއްހީ ނިޒާމް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ލ.ގަމު ރީޖަނަލް ހޮސްޕިޓަލްގައި އައު އެކްސްރޭ މެޝިން ގާއިމްކޮށް ލޯންޑްރީ އިތުރަށް ތަރައްގީކޮށް ނިންމައިފިއެވެ.

އެ ހޮސްޕިޓަލުން ބުނީ އަލަށް ގާއިމްކުރެވުނު ޚިދުމަތްތައް މިހާރު ފަށާފައިވާ ކަމަށެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލަކީ ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރުމަށް ނިންމާފައިވާ 5 ޓާރޝަރީ ހޮސްޕިޓަލުގެ ތެރޭގައި ހިމެނޭ ތަނެކެވެ.

ހދ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް، ރ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް، ލ ގަން ރީޖަނަލް ހޮސްޕިޓަލް އަދި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަކީ ޓާރޝަރީ ފެންވަރަށް ޚިދުމަތްތައް ދިނުމަށް ތައްޔާރު ކުރަމުން އަންނަ ހޮސްޕިޓަލްތަކެވެ.

ކުޅުދުއްފުށްޓާއި، ލ. ގަމާއި، ގދ. ތިނަދޫގައި 100 އެނދުގެ މި ދެންނެވި ހޮސްޕިޓާތަކުގެ އާ ޢިމާރާތުގެ ޢަމަލީ މަސައްކަތް، މި އަހަރު ހިނގާނެ ކަމަށް މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ ވިދާޅުވެފައެވެ. އަދި މީގެއިތުރުން، 7 އަތޮޅު ހޮސްޕިޓަލެއްގައި 50 އެނދު، އަދި 12 ރަށެއްގައި 30 އެނދުގެ އާ ހޮސްޕިޓަލުގެ މަސައްކަތް މި އަހަރު ފެށޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގައި ލާމަރުކަޒީ އުސޫލުން ޕްރައިމަރީ ހެލްތު ކެއަރގެ ނިޒާމު އަލުން އަނބުރާ ޤާއިމުކުރުމުގެ ތައްޔާރީތައް ކުރިއަށްދާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް